އިންޑޮނޭޝިއާއަށް އައި ބިންހެލުމާއި ގުޅިގެން މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފި

 އިންޑޮނޭޝިއާއަށް އައި ބިންހެލުމަކާއެކު މޯލްޑިވްސް މީޓިއޯރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން ޔެލޯ އެލާޓް ނެރެފި އެވެ.

އެ އެލާޓްގައި ބުނެފައިވަނީ ސުނާމީއެއްގެ އަސަރު ޕެސިފިކް ކަނޑުގެ ސަރަހައްދަށް ކޮށްފާނެ ކަމުގެ އިންޒާރު ދީފައިވީނަމަވެސް އިންޑިއާ ކަނޑަށް އަސަރެއް ކުރާނެ ކަމުގެ އިންޒާރު ދީފައި ނުވާ ކަމަށެވެ.

ބިންހެލުން އައިސްފައިވަނީ އިންޑޮނޭޝިއާގެ ހުޅަނގު އުތުރުގައި އޮންނަ ކޯނާ ޓާނޭޓްގެ 93 މޭލު ބޭރަށެވެ. އައިސްފައިވަނީ 7.3 މެގްނިޓިއުޑް ބާރު މިނުގައި ބިންހެލުމެކެވެ. މި ބިން ހެލުމާއި ގުޅިގެން ސުނާމީއެއް އުފެދިދާނެ ކަމުގެ އިންޒާރު ޕެސިފިކް ސުނާމީ ވާނިން ސެންޓަރުން ވަނީ ދީފަ އެވެ.

އެމެރިކާގެ ޖެއޮޖިކަލް ސާވޭ(ޔޫއެސްޖީއެސް) އިން ހާމަކުރާ ގޮތުގުގައި އެ ބިންހެލުން އައިސްފައިވަނީ އިންޑޮނޭޝިއާ ގަޑިން ހެނދުނު 10:31 ގައެވެ. އައި ބިންހެލުން އައިސްފައިވަނީ 47 ކިލޯ މީޓަރު އަޑިން ކަމަށްވެސް ޔޫއެސްޖީއެސްއިން ބުނެ އެވެ.

ޕެސިފިކް ސުނަމީ ވާނިންގް ސެންޓަރުން ބުނެފައިވަނީ ސުނާމީއެއް އުފެދުނަސް ސުނާމީގެ އަސަރު ކުރާނެ ކަމަށް ބެލެވެނީ އެ ސަރަހައްދުން ފެށިގެން 300 ކިލޯ މީޓަރުގެ ސަރަހައްދަކަމަށް ކަމަށެވެ. ގޫގަލް މެޕްސް އިން ދައްކާ ގޮތުން ރާއްޖެއާއި އިންޑޮނޭޝިއާގެ ކޮނާ ޓާނޭޓްއާ ދެމެދު 5981 ކިލޯމީޓަރު ހުރެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *