ރަކުލް ޕްރީތު --

މީނާ ސްރީދޭވީ އާއި ވައްތަރުތަ؟

ދުވަސް އެމްވީ

މިއަހަރުގެ ފެބްރުއަރީ މަހު ކުއްލި ގޮތަކަށް މަރުވި ބޮލީވުޑްގެ ސުޕާ ސްޓާ ސްރީދޭވީގެ ރޯލު ހިމަނައިގެން ހަދާ ތަމަޅަ ފިލްމެއްގައި އޭނާގެ ރޯލުން ފެނިގެންދާނެ ބަތަލާ ސްރީދޭވީގެ ގޮތުގައި ދައްކާލައިފި އެވެ. ފުރަތަަ ދައްކާލީ ފޮޓޯ އެވެ.

އެ ފޮޓޯގައި ސްރީދޭވީ ހެދުން އަޅާ ގޮތަށް ހެދުން އަޅާ މޭކަޕްކޮށް ވަރަށް ވައްތަރު ކުރުވާފައިވެ އެވެ. އެ ފިލްމުގެ އޭނާގެ ރޯލުންފެނިގެންދާނީ  ރަކުލް ޕްރީތް ސިންގ އެވެ.

މި ފިލްމަކީ ތަމަޅަ ފިލްމު އިންޑަސްޓްރީގައި ސުޕާ ސްޓާރެއް ކަމަށްވާ ނަންދަމޫރީ ތަރަކަ ރާމަ (އެންޓީއާރު)ގެ ހަޔާތުގެ މައްޗަށް ތައްޔާރު ކުރާ ފިލްމެކެވެ. މި ފޮޓޯ އިންސްޓަގްރާމްގައި ހިއްސާ ކުރުމަށް ފަހު ރަކުލް ބުނެފައިވަނީ އާންމުން ހިތްހަމަ ޖެހޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ސްރީދޭވީ އަދި ރަކުލް —

ސްރީދޭވީ ވަނީ ވަނީ (އެންޓީއާރު) އާއި އެކު ސުޕާ ހިޓް ތަމަޅަ ފިލްމުތަކުން ފެނިގެން ގޮސްފައި އެވެ. އެންޓީއާރުގެ ހަޔާތުގެ މައްޗަށް ތައްޔާރު ކުރާ ފިލްމަށް ކިޔަނީ “ކަތަނަޔަކުޑޫ” އެވެ.

ރަކުލް މީޑިއާގައި ބުނީ އެ ފިލްމުގައި ސްރީދޭވީގެ ރޯލް ކުޅެން ލިބުމުން ވަރަށް ހިތްހަމަ ޖެހުނު ކަމަށާއި ސްރީދޭވީ އަކީ އޭނާ ވަރަށް ސަޕޯޓު ކުރާ މީހެއް ކަމަށެވެ. އަދި ސްރީދޭވީ އާއި އެއް ފެންވަރަށް އެކްޓު ކުރަން ނޭނގުނަސް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ހިތްހަމަ ޖެހޭ މަސައްކަތެއް ކުރެވޭތޯ ބަލާނެ ކަމަށެވެ.

ސްރީދޭވީ މަރުވި ފަހުން ގިނަ ޑައިރެކްޓަރުން ވަނީ އޭނާގެ ހަޔާތަށް ފިލްމު އުފައްދަން މަސައްކަތް ފަށާފައި އެވެ. އެކަމަކު މިހާތަނަށް އެކަން އިއުލާނު ކުރުން ނޫން ކަމެއް ނުކުރެ އެވެ. ރަކުލް ވެގެންދާނީ ސްރީދޭވީގެ ރޯލުން ފެނިގެންދާ ފުރަތަމަ ބަތަލާ އަށެވެ.

ސްރީދޭވީގެ ފިލްމީ ކެރިއަރު ކުޑަކުއްޖެއްގެ ރޯލުން ފެށީ ތަމަޅަ ފިލްމު އިންޑަސްޓްރީ އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here