އިންތިޚާބާއި ގުޅޭ މައްސަލަ ކޯޓަށް ހުށަހެޅި ސަބަބުތައް ޕީޕީއެމް އިން ހާމަކޮށްފި

ދުވަސް އެމްވީ

ރިޔާސީ އިންތިޚާބާ ގުޅޭ މައްސަލަ ސުޕްރީމް ކޯޓަށާއި ހައި ކޯޓަށް ހުށަހެޅި ސަބަބުތައް ވެރިކަންކުރާ ޕާޓީ، ޕީޕީއެމް އިން ހާމަކޮށްފިއެވެ.

ޕީޕީއެމްއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ 23 ސެޕްޓެމްބަރު 2018 ވަނަ ދުވަހު ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޚާބު ހިނގަމުންދިޔައިރު، ކުރިމަތިވި ތަފާތު މައްސަލަތަކާ ގުޅޭގޮތުން އިންތިޚާބުގައި ހަރަކާތްތެރިވި އޮބްޒާވަރުންނާއި މޮނިޓަރުންނާއި އަދި އެހެނިހެން ފަރާތްތަކުން މި ޕާޓީއަށްވަނީ ވަރަށްގނަ ޝަކުވާތަކެއް ހުށަހަޅާފައިވާކަމަށާއި މި ޝަކުވާތަކަށް ރިއާޔަތްކޮށް، ޕާޓީގެ ކެނޑިޑޭޓަށާއި ރަނިންމޭޓުގެ އިންތިޚާބީ ހައްގުތައް ގެއްލިފައިވާކަމަށް ގބޫލުކުރެވޭނަމަ އެމައްސަލަތައް ކަމާބެހޭ ފަރާތްތަކަށް ހުށައެޅުމަކީ ކުރަންޖެހޭ ކަމެއް ކަމަށް މި ޕާޓީން ގަބޫލުކުރާކަމަށެވެ.

“އެހެންކަމުން އެ މައްސަލަތައް ފުލުހުންގެ އިދާރާއަށް ހުށައަޅާ، އެ އިދާރާއިން ދީފައިވާ ޖަވާބަށް ރިއާޔަތްކޮށް، މި ޕާޓީގެ ކެނޑިޑޭޓާއި ރަނީންމޭޓްގެ އިންތިޚާބީ ހައްގު ހޯދުމަށްޓަކައި ދިވެހިރާއްޖޭގެ ހައިކޯޓަށާއި ސުޕްރީމް ކޯޓަށް އެ މައްސަލަތައް ހުށަހަޅަން މި ޕާޓީން ނިންމައިފީމެވެ.” ޕީޕީއެމްގެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ ޕާޓީއަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރޭގައި ވޯޓު ކަރުދާސް ޗާޕުކުރުމުން ފެށިގެން، ވޯޓުލުމުގެ މަރުހަލާގައި އޮޅުވާލުންތަކާއި މަކަރާއި ހީލަތް ހިމެނުމާއި، ގާނޫނާއި ހިލާފު ތަފާތު އާލާތްތައް ބޭނުންކޮށްގެން ލެވޭ ވޯޓާއި އަދި ޖުމްލަ ނަތީޖާއަށް އުނިއިތުރު ގެންނަން މަސައްކަތްކުރުން، އަދި ރީ ރެޖިސްޓްރޭޝަނާއި ލިސްޓްތައް ތަރުތީބު ކުރުމާއި ވޯޓުލީ މަރުކަޒުތަކުގައި އިންތިޚާބާ ގުޅޭ އެކި އެކި އޮފިޝަލުންގެ އަމަލުތައް ގަވާއިދާ ހިލާފަށް ހުރުންފަދަ ގިނަ ކަންތައްތަކެއް ހިމެނިފައިވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here