ނަރީޝް އަށް ނުނިދިގެން މިއުޅެނީ މާގިނައި ފޯނާއި ކުޅޭތީ!

އިސްމާއިލް އަޖީރު

މިއަދު ގިނަ ބަޔަކު ހަމަ ނިދި ނުލިބޭ ކަމުގެ ޝަކުވާ ކުރެއެވެ. ކިތަންމެ ވަރަކަށް ކިތަންމެ ގޮތަކަށް ނިދަން މަސައްކަތް ކުރިނަމަވެސް ނުނިދޭކަމުގެ ޝަކުވާއެވެ. މިޒަމާނުގައި ނުނިދޭ ބަލީގެ ޝިކާރައަކަށް ވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އަތުގައި ތިއޮތް ފޯނު ދޫ ނުކޮށްލެވެވުމެވެ. ދޫ ކޮށްލާނީ ވެސް ކިހިނެތް ހެއްޔެވެ؟ ނަރީޝްގެ ބިޓު މިއަށް ކަޓަނީއެވެ. ޗެޓް ކޮށްލައިގެން ބިޓު ހިތްހަމަ ޖައްސާލަދެން އެބަ ޖެހެއެވެ. އެހެނަސް ނަރީޝް އަށް ނުނިދިގެން މިއުޅެނީ ބިޓު ކަޓާތީއެއް ނޫނެވެ. ފޯނާއާއި މާގިނައިން ކުޅެވޭތީއެވެ.

މިއަދުގެ އާބާދީގެ ތެރެއިން ގިނަބަޔަކު އިންސޮމޭނިއާ ނުވަތަ ނިދިގެއްލޭ ބަލީގެ ޝިކާރައަކަށް މިވަނީ ވެފައެވެ. މިގޮތުން ބޮޑަތި މީހުންގެ އާބާދީގެ ނިސްބަތުން 10 އިންސައްތަ މީހުން ދިގު މުއްދަތަކައް މިބަލީގެ ޝިކާރައަކަށް ވަނީ ވެފައެވެ. އަދި 30 ހާއި 35 އިންސައްތައިގެ މީހުން ކުރު މުއްދަތަކަށް ނަމަވެސް މިބަލީގެ ޝިކާރައަކަށްވެއެވެ.

ފޯނުގެ ސަބަބުން ނިދިގެއްލެން މެދުވެރިވަނީ އޭގެ ސްކްރީނުން ދޫކުރާ އަލީގެ ސަބަބުންނެވެ. ފޯނުން ދޫކުރާ އަލީގެ ތެރެއިން ނިންޖަށް އެންމެ އަސަރުކުރުވަނީ އޭގެން ދޫކުރާ ނޫއައްޔެވެ. މި އަލި ހަށިގަނޑުގައި އުފައްދާ ހޯމޯންއެއްކަމުގައިވާ މެލަޓޯނިން އުފައްދާ މިންވަރު ދަށްކޮށްލައެވެ. މި ހޯމޯންއަކީ ނިންޖާއި ހެލާހުރުން ބަލަހައްޓާ ހޯމޯންކަމުން މި ހޯމޯންގެ މިންވަރު ދައްވެއްޖެނަމަ ނިދަން އުނދަގޫވެ ނިދި ގެއްލޭގޮތް މެދުވެރިވެއެވެ.

ނިދި ގެއްލުމަކީ މީހާއަށް އެތައް ގޮތަކުން ގެއްލުން ހުރިކަމެކެވެ. ނިދި ގެއްލުމުގެ ސަބަބުން މީހާ ޖިސްމާނީ އަދި ނަފްސާނީގޮތުން ބަލިކަށިވެއެވެ. މިގޮތުން މިހާގެ ހަކަތަބަލިވެ މީހާ ލޮޑުވާގޮތްވެއެވެ. އަދި ސިކުނޑީގެ މަސައްކަތް ރަނގަޅަށް ނުކުރެވި މީހާ ނަފްސާނީ ބަލިތަކަށް ހުށައެޅިގެން ދެއެވެ.

ނިދި ގެއްލޭ ބަލިން ރައްކާތެރިވުމަށް ކޮންމެ ރެއެއްގެވެސް ނިދާނެ ގަޑިއެއް ކަނޑައަޅައި މިގަޑީގެ 30 މިނެޓާއި 60 މިނެޓާއި ދެމެދުގެ ވަގުތެއް ކުރިން ހުރިހާ ބާވަތެއްގެ ސްކްރީނަކުން ދުރުވެލާށެވެ. ބޮޑަށް ރަނގަޅީ އަލި ގަދަ ބޮކިތައް ވެސް ނިވާލުމެވެ. އަދި އިރުއަރައިގެން އަންނަ ވަގުތު ކޮޓަރިއަށް އިރުގެ އަލިވަންނަގޮތަށް ކުޑަދޮރުތަށް ހުޅުވާލައިފައި ބެހެއްޓުމަކީވެސް މެލަޓޯނިންގެ މިންވަރު ރަނގަޅު މިނެއްގައި ބެހެއްޓުމަށް އެހީވެދޭ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here