އަބްދުއް ލަތީފު މުހައްމަދު -- ފޮޓޯ: މަޖިލީސް

އަބްދުއް ލަތީފުގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމް ކޮށްފި

ދުވަސް އެމްވީ

ދިއްދޫ ދާއިރާގެ މެންބަރު އަބްދުއް ލަތީފު މުހައްމަދުގެ ގޮނޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި އެވެ.

މިގޮތަށް ހުކުމް ކުރީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ލަތީފު ޕީޕީއެމްއިން ވަކިވެއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅީ މަޖިލީހަށް އިންތިޚާބުވި ޕާޓީން، ޖުލައި 13، 2017 ގެ ތާރީޚަށް ފަހު ވަކިވެއްޖެ ނަމަ ނުވަތަ ވަކި ކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، އެ މީހަކު މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށް މިދިޔަ ޖުލައި 13، 2017 ގައި ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން ނެވެ.

އެކަމަކު އޭރުވެސް މިހާރުވެސް ލަތީފު އާއި އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ އޭނާ އޭގެ ކުރިން ޕީޕީއެމްއިން ވަކިވެފައިވާ ކަމަށެވެ.

ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ، ގޮނޑި ގެއްލޭ ހާލަތްތައް ބަޔާންކޮށް މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު އެ ކޯޓުން ހުކުމް ކުރުމުގެ ކުރިން ލަތީފް ޕާޓީން ވަކިވާން ސިޓީ ފޮނުއްވާފައި އޮތުމުން، އޭނާ އެ ހުކުމުގެ ކުރިން ޕާޓީން ވަކިވެވަޑައިގެންފައިވާ ކަން އެނގޭ ކަމަށެވެ. އަދި އޭނާ ވަކިވެވަޑައިގަންނަވަން އެދި ފޮނުއްވި ސިޓީގެ ކޮޕީއެއް އިލެކްޝަންސް ކޮމިޝަނަށް ވެސް ލިބިފައި އޮތް ކަމާ މެދު އެ ކޮމިޝަނުން އިންކާރު ކޮށްފައި ނެތްއިރު، އޭނާގެ ގޮނޑި ގެއްލުނު ކަމަށް ކޮމިޝަނުން ނިންމީ އެ ހުކުމުގެ ކުރިން ހިނގާފައި އޮތް ކަމަކާ ގުޅިގެން ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here