ޝެއިޙް އިލްޔާސް ހުސައިން --

ޝެއިހް އިލްޔާސްގެ ނަސޭހަތް ފަނޑިޔާރުންނަށް!

ދުވަސް އެމްވީ

ރިޔާސީ އިންތިހާބުގައި ރައްޔިތުން ވޯޓުލައި ނިންމި ނިންމުމަށް ކޯޓަކުން ބަދަލު ގެނެސްފި ނަމަ އެއީ ރައްޔިތުންނަށް ދެވޭ ބޮޑު އަނިޔާއެއް ކަމަށް ޝެއިހް އިލްޔާސް ހުސައިން ވިދާޅުވެއްޖެ އެވެ.

ޝެއިހް އިލްޔާސް މިހެން ވިދާޅުވެފައިވަނީ ދާން ޖެހިއްޖެ ނަމަ ރައްޔިތުންގެ ހައްގުގައި އިންތިހާބު ބާތިލް ކޮށްދިނުމަށް އެދި ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް ވެރިކަން ކުރާ ޕީޕީއެމްއިން ބުނެފައިވަނިކޮށެވެ. އެކަމަކު މިހާނަތަށް އެ ފަދަ މައްސަލައެއް ހުށަހަޅާފައެއް ނުވެ އެވެ.

ޝެއިހް އިލްޔާސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އިލެކްޝަންސް ކޮމިޝަނުން އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނުކޮށް، ނަތީޖާއަށް އަސަރު ކުރާވަރުގެ ޝަކުވާއެއް ނެތް ކަމަށް ބުނެފައިވާ ކަމަށެވެ. އެހެންކަމުން ވަކި ފަރުދެއްގެ މަސްލަހަތައްޓަކައި ރައްޔިތުންގެ ނިންމުން ބަދަލު ކުރުމަކީ ދެވޭ އަނިޔާއެއް ކަމަށެވެ.

މި ޓުވީޓުގައި ޝެއިހް އިލްޔާސް ވަނީ ހަމަހަމަ ކަމާއި އެކު ރައްޔިތުންގެ މެދުގައި ހުކުމް ކުރުމަށް ބާރު އަޅާ އާޔަތެއް ހިމަނުއްވާފަ އެވެ. އެ އާޔަތުގެ މާނައިގަ ވަނީ “ހަމަކަށަވަރުން ހައްގު ގޮތުގައި ތިމަންރަސްކަލާނގެ ކަލޭގެފާނަށް ފޮތް ބާވާލެއްވީ، ކަލޭގެފާނަށް ﷲ އަންގަވާފައިވާ ގޮތުގެ މަތިން، މީސްތަކުންގެ މެދުގައި ހުކުމް ކުރުމަށެވެ. ހިޔާނާތްތެރިންގެ ދިފާއުގައި މަސައްކަތް ކުރައްވާ ބޭކަލަކުކަމުގައި ކަލޭގެފާނު ވެވަޑައި ނުގަންނަވާށެވެ.

އިލްޔާސް ވަނީ ކޯޓުތަކުގެ ފަނޑިޔާރުން މި އާޔަތާއި މެދު ފުންކޮށް ވިސްނެވުމަށް އިލްތިމާސް ކުރައްވާފަ އެވެ.

ޝެއިހް އިލްޔާސް މިދިޔަ ހަފްތާގައި މީޑިއާގައި ވިދާޅުވީ އޭނާ މަސައްކަތް ކުރައްވަނީ ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރާއި ދެކޮޅަށް ޒާތީވެގެން ނޫން ކަމަށެވެ. ދެކޮޅުވާން ޖެހުނީ ހައްގުން އެއްކިބާވެ ނުހައްގުން ރައްޔިތުންނަށް އެތައް އަދަބު ތަކެއް ދީފައިވާތީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here