ހުދުރަންފުށި ރިސޯޓްގައި ރޯވި އަލިފާން ކޮންޓްރޯލް ކޮށްފި

ދުވަސް އެމްވީ

ހުދުރަންފުށި ރިސޯޓްގައި މިރޭ ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލް ކޮށްފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އެ ހާދިސާގެ މައުލޫމާތު ލިބިފައިވަނީ ދަންވަރު 02:00 ހާއިރު ކަމަށެވެ.

“04:30 ގައި އަލިފާން ކޮންޓްރޯލް ކުރެވިއްޖެ، ރޯވެފައިވަނީ 3 ވޯޓަރ ވިލާގައި، މީހަކަށް އަނިޔާއެއް ނުލިބޭ” އާޒިމް ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ މީހަކަށް އަނިޔާއެއް ނުލިބުނު ނަމަވެސް އަލިފާން ރޯވި ވޯޓަރ ވިލާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here