ޝެއިހް މުހައްމަދު ދީދީ
ޝެއިހް މުހައްމަދު ދީދީ

ސްޓޭޓް މިނިސްޓަރު ކަމުން ޝެއިހް މުހައްމައިދީ އިސްތިއުފާދެއްވައިފި

އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝައިޚް މުހައްމަދު ދީދީ (މުހައްމައިދީ) މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ވެސް ހުންނެވި މުހައްމައިދީ ސަރުކާރުން ވަކިވެވަޑައިގަތީ، އިދިކޮޅު ސިޔާސީ ލީޑަރުންނަށް ސަރުކާރުން އަނިޔާވެރިވެ، ފަސާދައިގެ އަމަލުތައް ތަކުރާރުވަމުންދާ ކަމަށް ބުނެ، އަދާލަތު ޕާޓީން ސަރުކާރަށް ކުރި އިތުބާރު އަނބުރާ ގެނައުމުން އެކަމަށް އިހްތިރާމު ކުރުމުގެ ގޮތުންކަމަށް އޭނާ ވިދާޅުވި އެވެ.

އިސްތިއުފާ ދެއްވުމަށް ފަހު އަދާލަތު އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުހައްމައިދީ ވިދާޅުވީ އެއްވެސް ޝަރުތަކާ ނުލައި އަދާލަތު ޕާޓީން ރައީސް އަބްދުﷲ ޔާމީނަށް ތާއިދުކުރީ ވަރަށް ބޮޑު އުއްމީދަކާ އެކުގައި ކަމަށެވެ. އަދި އަދާލަތު ޕާޓީން މަސައްކަތް ކުރަމުން އައީ މި ސަރުކާރަކީ ވަރުގަދަ ސަރުކާރަކަށް ހެދުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މުހައްމައިދީ ވިދާޅުވި ގޮތުގައި ސަރުކާރުން ސިޔާސީ ލީޑަރުން ”ގެއްލުވާލުމަށް“ ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ހަނގުރާމަވެރި ހަތިޔާރު އެތެރެކޮށް ގެންގުޅުނު ކަމަށް ކުރީގެ ޑިފެންސް މުހައްމަދު ނާޒިމްގެ މައްޗަށް ތުހްމަތުކޮށް، އެ މައްސަލާގައި 11 އަހަރަށް އޭނާ ޖަލަށް ލާފައި ވާއިރު، މުހައްމައިދީ ވިދާޅުވީ، އެއީ ނާޒިމް ފްރޭމްކޮށް ސިޔާސީ މައިދާނުން ދުއްވާލަން ކުރި ކަމެއް ކަމަށެވެ.

ސަރުކާރުގައި ހުރި މައްސަލަތައް ރަނގަޅު ކުރުމަށް މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް އެކަން ކާމިޔާބުނުވުން، ސަރުކާރުގެ ތެރޭގައި ހުރުމަކީ، އޭނާ ގަބޫލުކުރައްވާ އަޚްލާގެއް ނޫން ކަމަށް މުހައްމައިދީ ވިދާޅުވި އެވެ.

ކުރިއަށް އޮތް ތަނުގައި އަދާލަތު ޕާޓީ ދެމި އޮންނާނީ، އޭނާ ވިދާޅުވި ގޮތުގައި، ރައްޔިތުންގެ ފައިދާ އާއި އަދުލް އިންސާފުން ކަންކަން ކުރުމުގަ އެވެ. އަދި އިދިކޮޅު ފަރާތްތަކުން މިހާރު ހިންގާ ހަރަކާތްތަކުން އޭނާ ފެންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ސަރުކާރު ހިންގަމުން ދަނީ ރަނގަޅު މިސްރާބުން ނޫން ކަމަށް ވިދާޅުވެ، އަދާލަތު ޕާޓީއަށް ނިސްބަތްވާ ޖެންޑާ މިނިސްޓަރުގެ ނާއިބުގެ މަގާމުން ޝިދާތާ ޝަރީފު ވެސް މިމަހުގެ 22 ގައި ވަނީ އިސްތިއުފާ ދެއްވައިފަ އެވެ

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *