ލަންކާ ރައީސްގެ ޚާއްސަ މަންދޫބެއް ރާއްޖޭގައި

ދުވަސް އެމްވީ

އަވަށްޓެރި ސްރީ ލަންކާގެ ރައީސް މައިތިރްޕަލާ ސިސިރޭނާގެ ޚާއްސަ މަންދޫބެއް ރާއްޖެ ވަޑައިގެންފިއެވެ. ޚާއްސަ މަންދޫބެއްގެ ގޮތުގައި ރާއްޖެ ވަޑައިގެންފައިވަނީ އެ ގައުމުގެ ސްޕޯޓްސް މިނިސްޓަރު ފައިޒަރް މުސްތަފާ އެވެ.

އެ މަންދޫބް އަންނަނީ ރާއްޖޭގެ ސިޔާސީ އިދިކޮޅު ފަރާތްތަކާއި ބައްދަލުކުރައްވަމުންނެވެ. އެގޮތުން އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމް އާއި އެ މަންދޫބް ބައްދަލުކުރައްވާފައިވެއެވެ.

މަންދޫބުގެ ބައްދަލުވުންތަކުގެ ފޮޓޯތައް މީޑިއާއަށް ލިބުނު ނަމަވެސް މި ބައްދަލުވުންތަކުގެ އެއްވެސް ތަފްސީލެއް އަދި މީޑިއާއަކަށް ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here