މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރޭ -- ދުވަސް ފޮޓޯ

މުޅި ރާއްޖެއަށް މޫސުން ގޯސް، ހަތް އަތޮޅަކަށް ވައިޓް އެލާޓް، 12 އަތޮޅަކަށް ޔެލޯ އެލާޓް

ދުވަސް އެމްވީ

މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހަތް އަތޮޅަކަށް ވައިޓް އެލާތް އަދި 12 އަތޮޅަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

އެގޮތުން މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ނެރެފައިވާ މި ދެ އެލާޓަށް ބަލާއިރު ދ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ އަތޮޅުތަކަށް ނެރެފައިވަނީ ވައިޓް އެލާޓެވެ. އަދި ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ނެރެފައިވަނީ ޔެލޯ އެލާޓެވެ.

ވައިޓް އެލާޓް ނެރެފައިވާ އަތޮޅުތަކަށް މިއަދު ހެނދުނު 08:15 އާއި މެންދުރު 01:15 އާއި ދެމެދުވެ ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިދަވާނެކަމަށް ބުނެފައިވެއެވެ.

ޔެލޯ އެލާޓް ނެރެފައިވާ އަތޮޅުތަކުގައި މިއަދު ހެނދުނު 07:00 އިން ފެށިގެން ހެނދުނު 11:00 އާއި ދެމެދުގެ ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހޭނެކަމަށް ބުނެފައި ވެއެވެ. އަދި އާންމުގޮތެއްގައި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެކަމަށްވެސް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here