ހަތް އަތޮޅަކަށް ޔެލޯ އެލާޓް ނެރެފި

ދުވަސް އެމްވީ

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހަތް އަތޮޅަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

ޔެލޯ އެލާޓް ނެރެފައިވަނީ ދ އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ އަތޮޅުތަކަށެވެ.

މެޓް އޮފީހުން މިރޭ 09:35ގައި ނެރުނު އެ އެލާޓްގައި ބުނެފައިވަނީ ދ އަތޮޅާއި އައްޑޫ ސިޓީއާއި ދެމެދުގެ އަތޮޅުތަކަށް މިރޭ 09:45 އާއި މިރޭ 01:45 އާއި ދެމެދުގެ ވަގުތުތަކުގައި ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށެވެ.

މި ވަގުތުތަކުގައި އެ ހަތް އަތޮޅަށް އާންމުގޮތެއްގައި ގަޑިއަކު 23 މޭލާއި 29 މޭލަށް ވައިޖެހޭނެކަމަށް ބުނެފައިވެއެވެ. ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވާނެކަމަށާއި ކަނޑު ގަދަވާނެކަމުގައިވެސް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here