އަލީ ވަހީދާއި އިމްރާން ބައްދަލުވުމުން އިމްރާން ދެއްވީ ޖަޒީރާ ކުރުނބަލެއް !

ދުވަސް އެމްވީ

މޭޑޭ މުޒާހަރާގެ ދެ ބަތޮލުން ކަމުގައި އިދިކޮޅުން ސިފަކުރާ ޝައިޚް އިމްރާން އާއި އަލީ ވަހީދު ބައްދަލުކުރައްވައިފިއެވެ.

އެ ބައްދަލުވުމުގެ ވާހަކަ ސޯޝަލް މީޑިއާގައި ޓްވީޓެއްގެ ޒަރީއާއިން ހިއްސާކޮށްފައިވަނީ އަލީ ވަހީދެވެ.

ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެކުވެރި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ އާއި ބައްދަލުވުމުން ހަނދާންވަނީ މޭޑޭ އަދި އަވަށްޓެރި ޖަލު ގޮޅި ކަމަށާއި ޝެއިޚް އިމްރާން ދެއްވީ ހިތްގައިމު ޖަޒީރާ ކުރުނބަލެއް ކަމަށެވެ.

ތިން އަހަރާއި ހަތަރު މަސް ފަހުން ރާއްޖެ އާދެވުމުން ވަރަށް އުފާވެއްޖެ ކަމަށާއި ހެޔޮ ދުއާ ކުރެއްވި ހުރިހާ ލޮބުވެތި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާކަމުގައިވެސް އަލީ ވަހީދުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here