އަހުމަދު ނިހާން ހުސައިން މަނިކު -- ފޮޓޯ: މަޖިލީސް

އެމްޑީޕީގެ އެކްޓިވިސްޓަކު ނިހާނަށް މަރުގެ އިންޒާރު ދިން މައްސަލަ ޕޮލިހަށް

ދުވަސް އެމްވީ

ވެރިކަން ކުރާ ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކަށް މަރުގެ އިންޒާރުދިން މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި އެވެ.

ޕީޕިއެމްއިން މިރޭ ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ނިހާނަށް މަރުގެ އިންޒާރު ދެމުންދަނީ އެމްޑީޕީގެ ހަރަކާތްތަކުން ފެންނަ އާންމުން ދަންނަ އެ ޕާޓީގެ އެކްޓިވިސްޓެއް ކަމަށެވެ. އެހެންވެ ޕީޕިއެމްއިން ވަނީ އެމްޑީޕީގެ ލީޑާޝިޕުން މައާފަށް އެދި އެކަން ކުށްވެރި ކުރުމަށް ގޮވާލާފަ އެވެ.

އެކަމަކު އެމީހަކު ނިހާނަށް އިންޒާރު ދިން ގޮތެއް ހާމައެއް ނުކުރެ އެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން އެއްޗެއް ހާމައެއް ނުކުރެ އެވެ. ރިޔާސީ އިންތިހާބަށް ފަހު ދާއިމީ ނަތީޖާ އިއުލާނުކުރަން އެއް ދުވަހަށް ވެފައި ވަނިކޮށް ޕީޕީއެމްއިން އިންތިހާޞު އޮޅުވާލި ކަމަށް ބުނަން ފެށުމުން ސިޔާސީ ދާއިރާ ވަނީ އަނެއްކާވެސް ހަލަބޮލިވެފަ އެވެ.

ނިހާންގެ އިތުރުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވަނީ އޭނާއަށް މަރުގެ އިންޒާރުދިން ކަމަށް ބުނެ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި އެވެ.

 

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here