ތޮލްހަތާއި ޒިޔާދަށް ހުކުމް ކުރުން މާދަމާރޭ

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކުރި މައްސަލައިގާ ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް އާއި ކުރީގެ ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށް ހުކުމް ކުރުން މާދަމާ ރެއަށް ތާވަލްކޮށްފި އެވ.

އެ ދެބޭފުޅުންގެ ޝަރީއަތުގެ އަޑުއެހުން މިއަދު ވަކި ވަކިން ބާއްވާފައިވާއިރު ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސްވަނީ ނަގާ ނިންމާފަ އެވެ. މާދަމާރޭ ހުކުމް ކުރާނެކަން އިއުލާނުކުރީ ފަނޑިޔާރުންގެ މަޖިލީހުންނެވެ.

މި މައްސަލައިގާ ދައުވާ ލިބޭ މިހާރުގެ ޑިފެންސް މިނިސްޓަރުގެ ހުކުމް ކުރުންވެސް ތާވަލްކޮށްފައިވަނީ މާދަމާ ރެއަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *