ގާނޫނާ ހިލާފު ނުވުމަށް އިލްތިމާސްކޮށް އެމްޑީޕީ އާއި އޭޕީއަށް އީސީގެ ސިޓީއެއް

ސުލްހަވެރިކަމުގެ ގާނޫނާ ހިލާފު ނުވުމަށް އިލްތިމާސްކޮށް އެމްޑީޕީއާއި އަދާލަތު ޕާޓީއަށް އިލެކްޝަންސް ކޮމިޝަނުން ސިޓީ އެއް ފޮނުވައިފި އެވެ.

އިލެކްޝަނުން ބުނީ ރޭ މާލޭގައި އެމްޑީޕީއާއި އަދާލަތުން ގުޅިގެން ބޭއްވި މުޒާހަރާގައި ސިޔާސީ ޕާޓީގެ ގާނޫނާއި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް ފުލުހުންނަށް ހަމަލާދިނުމާއި، އާންމުންގެ މުދަލަށް ގެއްލުން ދިނުމާއި، އަނިޔާވެރި އަމަލުތަކަށް ގޮވައިލުންފަދަ އަމަލުތައް ހިންގާފައިވާކަމަށެވެ. އަދި އެފަދަ އަމަލުތައް ނުހިންގުމަށް އިލްތިމާސްކޮށް އިލެކްޝަންސް ކޮމިޝަނުން އެ ދެޕާޓީއަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށްވެސް އިލެކްޝަނުން ބުނެއެވެ.

އިލެކްޝަނުން އިތުރަށްބުނީ އެ ސިޓީގައި މުޒާހަރާތަކުގައި ހިންގަމުންގެންދާ ގާނޫނާއި ގަވާއިދާއި ހިލާފު މިބާވަތުގެ ކަންކަން ކޮމިޝަނުން ބައްލަވަމުން ގެންދާ ކަމަށާއި ގާނޫނީ އިމުގެ ބޭރުނ ސިޔާސީ ޕާޓީތަކުން ހިންގާ މިފަދަ ހަރަކާތްތަކާމެދު ކޮމިޝަނުން ފިޔަވަޅު އަޅާނެކަން ބަޔާންކޮށްފައިވާނެ ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *