ފާރަ ގެމަގެ ފާރަތައް މިރޭ ރާއްޖެ ގެނެސްފައިވާއިރު ފާރަ ގެންގުޅުމުގެ ތަޖުރިބާ ކާރަކު ފާރައަކާއެކު
ފާރަ ގެމަގެ ފާރަތައް މިރޭ ރާއްޖެ ގެނެސްފައިވާއިރު ފާރަ ގެންގުޅުމުގެ ތަޖުރިބާ ކާރަކު ފާރައަކާއެކު

ފުރަތަމަ ފަސް ކުއްތާ ރާއްޖެ ގެނެސްފި

މަސްތުވާ ތަކެތީގެ ވަބާއިން ޤައުމު ސަލާމަތްކޮށް، މަސްތުވާތަކެތީގެ ނުރައްކަލުން ޒުވާނުން ދުރުހެލިކޮށް، ޢާއިލާތަކަށް ރައްކާތެރިކަން ހޯދައިދީ ރާއްޖެއިން މަސްތުވާތަކެތީގެ ބިރުވެރިކަން ނައްތާލުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި އެހީތެރިވުމަށް ރާއްޖޭގައި ޤާއިމް ކުރުމަށް ހަމަޖެހިފައިވާ ފާރަގެމައިގެ ފުރަތަމަ 5 ފާރަ މިރޭ ރާއްޖެ ގެނެސްފިއެވެ.

ފުލުހުން ބުނީ މިރޭ ރާއްޖެއައި މެލޭޝިޔަން އެއަރލައިންސްގެ ފްލައިޓުން ގެނެސްފައިވަނީ ފާރަގެމައިގާ ހިމެނޭ 16 ފާރައިގެ ތެރެއިން 5 ފާރަ އެވެ. މިރޭ ގެނައި 5 ފާރަ ތެރޭގައި ހިމެނެނީ އަންހެން 3 ފާރަ އާއި ފިރިހެން 2 ފާރަ ކަމަށެވެ.

ރާއްޖެއަށް ފާރަތައް ގެންނަން ފެށުމާއެކު ފާރަގެމަގެ އޮޕަރޭޝަންތައް ރަސްމީ ގޮތުން ފެށިގެން ދާނެ ކަމަށާއި އަދި އެދުވަހުން ފެށިގެން ބައެއް ތަމްރީނުތައްވެސް ފެށިގެންދާނެ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފާރަތައް ބޭތިއްބުމަށް ވަނީ ޚާއްޞަ ކެނަލް އެއް ތައްޔާރު ކޮށްފައެވެ. އަދި މިކަމުގެ ތަމްރީނު ދިވެހި ފުލުހުންނަށް ދިނުމަށް ކަމުގެ ތަޖުރިބާހުރި ދެ ބޭފުޅަކު ވަނީ ރާއްޖެ ވަޑައިގެންފައެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *