މަސްތުވާތަކެއްޗާއި ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކުގައި ބޭޏުން ކުރާ ކުއްތާތައް --
މަސްތުވާތަކެއްޗާއި ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކުގައި ބޭޏުން ކުރާ ކުއްތާތައް --

ކުއްތާތަކަށް ކިޔާނެ ދިވެހި ނަމެއް ހޯދުމަށް ބަހުގެ އެކަޑަމީގައި އެދިއްޖެ

މަސްތުވާތަކެތީގެ މައްސަލަތައް މަދުކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ރާއްޖޭގައި އަލަށް އެކުލަވާ ލުމަށް ހަމަޖެހިފައިވާ ފާރަ ގެމައިގާ ބޭނުންކުރާ ފާރަ ތަކަށް ކިޔާނެ ދިވެހި ނަންނަން ހޯދަން ދިވެހިބަހުގެ އެކަޑަމީގައި ފުލުހުން އެދިއްޖެއެވެ.

ފުލުހުން ބުނީ ފާރަ ގެމަ އަށް ފުރަތަމަ ގެންނަ 16 ފާރަ އަށް ވަކިވަކިން ދޭނެ ދިވެހި ނަން ހޯދުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ދިވެހިބަހުގެ އެކަޑަމީގައި ލިޔުމުން އެދިފައިވާކަމަށެވެ.

އަދި ފާރަ ގެމައަށް ފުރަތަމަ ގެންނަ ފާރަގެ ތެރޭގައި  ހިމެނޭ އަންހެން 4  ފާރަ އާއި ފިރިހެން 12 ފާރަ އަށް ނަން ހޯދުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ދިވެހި ބަހުގެ އެކެޑަމީގައި އެދިފައި ވަނީ މިއަދުގެ ވަގުތެއްގައި ކަމަށްވެސް ފުލުހުން ބުނެއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *