އާއިލާއަށް ފިލައިގެން އުޅޭ 16 އަހަރުގެ އަންހެން ކުއްޖަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ފުލުހުން ބުނީ މި މާރޗް މަހުގެ 17 ވަނަ ދުވަހުގެ ރޭ 20:00 ހާއިރު އާއިލާއަށް ފިލާފައިވާކަމަށް އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން ހޯދަމުންދަނީ ހުޅުމާލޭގައި ދިރިއުޅޭ، މާލެ، ދަފްތަރު ނަމްބަރު ދރ 2308، ޢާއިޝަތު ޙަނާން (16އ) ކަމަށެވެ.
ޢާއިޝަތު ޙަނާން އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެ މަޢުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ނަމްބަރު 3331510 ނުވަތަ 9790163 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން އެދެ އެވެ.