ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ރައްޔިތުން އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ ހަލުވި ރޯގާއެއް ފަދައިން އަނިޔާވެރިކަން ފެތުރޭނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް ސެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިމްރާން މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ. މި މޭރުމުން އިމްރާން ޓްވީޓް ކުރައްވާފައިވާއިރު މިހާރުގެ ސަރުކާރަކީ އަނިޔާވެރި ސަރުކާރެއްކަމަށް އިމްރާން އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
Sarukaaruge aniyaaverikamaa dhekolhah Rayyithun avasfiyavalhuthakeh naalhaifinama haluvi roagaa eh fadhain aniyaaverikan fethurigannaane.
— Imran Abdulla (@ShimranAb) March 23, 2015
މި ފަހަކަށް އައިސް އިމްރާންގެ ބަސްމަގު ސަރުކާރާ ދެކޮޅަށް ބަދަލުވެފައިވާއިރު މިހާރު މިއޮތް ސަރުކާރު ވެރިކަމަށް ގެނައުމަށް އަދާލަތު ޕާޓީން ދައުރެއް އަދާކުރި އެވެ. ނަމަވެސް ސަރުކާރުން އަނިޔާވެރިކަން ހިޔާރުކޮށްފައިވާކަމަށާއި އެތައް ކަމެއް ބޮއްސުންލާފައިވާކަމަށްބުނެ އަދާލަތުން ވަނީ ސަރުކާރަށް ދެމުން އައި އެއްބާރުލުން ކަނޑާލާފަ އެވެ. އަދި އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީ އާ ގުޅިގެން އަދާލަތުން ވަނީ ”އަނިޔާވެރިކަމާ ދެކޮޅަށް ދިވެހިން“ މިނަމުގައި ކޯލީޝަނެއް އުފައްދާފަ އެވެ.