ޖެންޑާ މިނިސްޓްރީގެ ނައިބުކަމުން ޝިދާތާ އިސްތިއުފާ ދެއްވައިފި

ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި ޝިދާތާ ޝަރީފު އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

މަގާމުން އިސްތިއުފާ ދެއްވިކަން ސިދާތާ އިއުލާނުކުރެއްވީ އަދާލަތު ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސިދާތާ ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވީ ޕާޓީގެ ނިންމުންތަކަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށެވެ.

ސިދާތާއަކީ އަދާލަތު ޕާޓީގެ މެމްބަރެކެވެ. މަގާމުން ސިދާތާ އިސްތިއުފާ ދެއްވާފައިވާއިރު އަދާލަތު ޕާޓީން ވަނީ ސަރުކާރާ ގުޅިގެން އިތުރަށް މަސައްކަތް ނުކުރުމަށް ދާދިފަހުން ނިންމާފަ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *