މ. އޯކްވިލާގައި ހުންނަ ލިލީ ސްޓޯރުގެ ގުދަނެއްގައި އަލިފާން ރޯވެ އަނދަމުން އެބަދެ އެވެ. އެ އަލިފާން ގަނޑު ނިއްވުމުގެ މަސައްކަތުގައި ސިފައިންނާއި ފުލުހުންގެ އިތުރުން އާންމުން ދަނީ ހަރަކާތްތެރިވަމުންނެވެ. މީގެ އިތުރުން ކުޅީވަރު އެކުވެނި އާއި ނީލަން ފިހާރާގައިވެސް ބަޔަކު ވަނީ މިރޭ ރޯކޮށްލާފަ އެވެ. ފުލުހުން ބުނީ އެ ދެތަނުގައި ރޯކޮށްލި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.