ތޫނިސްގެ ދާރުލްއާސާރަކަށް ބަޔަކުވަދެ ދިން ހަމަލާއެއްގައި 22 ފަތުރުވެރިއަކު މަރާލައިފި

ތޫނިސްގެ ވެރިރަށުގައި ހުންނަ ބަރްދޯ ދާރުލް އާސާރަށް ހަތިޔާރު އެޅި ޓެރަރިސްޓުންގެ ބަޔަކު ވަދެ ދިން ހަމަލާއެއްގައި 22 މީހަކު މަރާލައިފި އެވެ.

އިއްޔެ ހިނގި މި ހާދިސާއަކީ ފާއިތުވި 13 އަހަރުތެރޭގައި ތޫނިސްގައި ހިނގި މިފަދަ އެންމެ ނުރައްކާތެރި ހަމަލާކަމަށް މުރާސިލުން ބުނެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެގައުމުގެ ގާނޫނު ހަދާ މަޖިލީހާއި ދާރުލްއާސާރު ހުންނަ އިމާރާތަށް ހަތިޔާރާއެކު ހަމަލާ ދީފައިވަނީ ދެމީހެކެވެ. 22 ފަތުރުވެރިއަކު މަރާލާފައިވާއިރު އިތުރު ބަޔަކަށް އެކިވަރުގެ އަނިޔާ ލިބިފައި ވެ އެވެ.

”މަރުވި 22 ފަތުރުވެރިންގެ ތެރޭގައި ދެކުނު އެފްރިކާއާއި، ފްރާންސާއި ޕޮލެންޑް އަދި އިޓަލީގެ ފަތުރުވެރިން ހިމެނޭ، ހަމަލާ ދިން މީހުން މިހާރު ވަނީ އެ ސަރަހައްދު ދޫކޮށް ފިލާފައި“ އޭއެފްޕީއަށް މައުލޫމާތު ދެމުން ތޫނިސްގެ ހާރިޖީވުޒާރާގެ ތަރުޖަމާނު މުހައްމަދު އަލީ އަރޯއީ ވިދާޅުވި އެވެ.

މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެ އެވެ. ތޫނިސްއިން ބުނެފައިވަނީ މި ހަމަލާގެ ސަބަބުން އެގައުމުގެ ފަތުރުވެރިކަމަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *