ބޯހިމެނުމުގެ ވަގުތީ ރިޕޯޓް އާންމު ކޮށްފައިވާއިރު ދިވެހިންގެ އާބާދީ 3 ލައްކަ 40 ހާހަށްވުރެ މައްޗަށް ވަނީ އަރާފައި -- ދުވަސް ފަައިލް ފޮޓޯ
ބޯހިމެނުމުގެ ވަގުތީ ރިޕޯޓް އާންމު ކޮށްފައިވާއިރު ދިވެހިންގެ އާބާދީ 3 ލައްކަ 40 ހާހަށްވުރެ މައްޗަށް ވަނީ އަރާފައި -- ދުވަސް ފަައިލް ފޮޓޯ

ދިވެހިންގެ އާބާދީ 340000 އަށް ވުރެ މައްޗަށް

ރާއްޖޭގެ އާބާދީ 341256 (ތިންލައްކަ ސާޅީސް އެއްހާސް ދުއިސައްތަ ފަންސާސް ހައެއް) އަށް އަރައިކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ހާމަކޮށްފިއެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ކުރިއަށް ގެންދިޔަ ބޯހިމެނުމުގެ ވަގުތީ ނަތީޖާ އެ ބިއުރޯއިން އާއްމު ކޮށްފައިވާއިރު ވަގުތީ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި 399،939 މީހުން ދިރިއުޅޭއިރު އޭގެ ތެރެއިން ދިވެހިންގެ އާބާދީއަކީ 341256 މީހުންނެވެ.

އެ ރިޕޯޓްގައި ވާގޮތުން 2006 ވަނަ އަހަރުގެ ބޯހިމެނުމުން ދައްކާގޮތުން އޭރު ދިވެހިންގެ އާބާދީއަކީ 298،968 އެވެ އަދި މިހާރު 341256 އަށް އާބާދީ އުފުލިފައިވާއިރު އާބާދީ މިހާރު އިތުރުވެފައިވާ ނިސްބަތަކީ 1.56 ކަމަށް ބޯހިމެނުމުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ވަގުތީ ރިޕޯޓުން ދައްކާ ގޮތުން ރާއްޖޭގެ ކޮންމެ 100 އަންހެނަކަށް 103 ފިރިހެނުން ތިބިއިރު ވެރިރަށް މާލޭގައި 153،379 މީހުން ދިރިއުޅޭއިރުކަމަށް ދައްކައެވެ. އޭގެތެރެއިން 133،019 މީހުންނަކީ ދިވެހިން ކަމަށާއި ރާއްޖޭގެ މުޅި އާބާދީއަށް ބަލާއިރު 39 ޕަސެންޓް މީހުން ދިރިއުޅެނީ މާލޭގައި ކަމަށް އެ ރިޕޯޓުން ދައްކައެވެ. އަދި  2006 ވަނަ އަހަރާއި މިއަހަރާ ދެމެދު މާލޭގެ އާބާދީ 2.93 ޕަސެންޓް އިތުރުވެފައިވާއިރު އެންމެ ގިނަ މީހުން އިތުރުވެފައިވަނީ ހުޅުމާލެއަށް ކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

އަތޮޅުތެރޭގެ އާބާދީއަކީ 246،560 މީހުން ކަމަށާއި އޭގެ ތެރެއިން 208،237 މީހުންނަކީ ދިވެހިން ކަމުގައިވައިރު 2006 ވަނަ އަހަރަށްވުރެ 0.76 ޕަސެންޓް އަތޮޅު ތެރޭގެ އާބާދީ ވަނީ އިތުރުވެފައިވާކަމަށް ވަގުތީ ރިޕޯޓުން ދައްކައެވެ. އަދި ވޭތުވެދިޔަ ތަނުގައި އެންމެ އާބާދީ އިތުރުވެފައިވަނީ އދ. އަތޮޅާއި އއ. އަތޮޅުގެ އިތުރުން ކ. އަތޮޅުގައި ކަމަށާއި އާބާދީ އެންމެ ދަށްވެފައިވަނީ ހއ. އަތޮޅާއި ޅ. އަތޮޅުގެ އިތުރުން ބ. އަތޮޅު ކަމަށްވެއެވެ. އަދި އަތޮޅުތެރޭ އާބާދީއަށް ބަލާއިރު ކޮންމެ 100 އަންހެނަކަށް 106 ފިރިހެނުން އެބަތިބި ކަމަށްވެސް ރިޕޯޓްގައި ވެއެވެ.

މިފަހަރަކީ ބިދޭސީން ހިމަނައިގެން ފުރަތަމަ ކުރިއަށް ގެންދިޔަ ބޯހިމެނުން ކަމުގައިވާއިރު މި ބޯހިމެނުގައި ނެގިފައިވާ ބިދޭސީންގެ އާބާދީގެ އަދަދު މަދުކަމަށް ވަގުތީ ރިޕޯޓުން ދައްކައެވެ. އެ ރިޕޯޓްގައި ވަގޮތުން ރާއްޖޭގައި ދިރިއުޅެނީ 58،683 ބިދޭސީންނެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *