އަހުމަދު އަދީބް އަބްދުލް ޣަފޫރު - ފޮޓޯ: ދުވަސް ފައިލް
އަހުމަދު އަދީބް އަބްދުލް ޣަފޫރު - ފޮޓޯ: ދުވަސް ފައިލް

ފުލުހުންނަކީ ގާނޫނު އަސާސީ ހިމާޔަތްކުރި މީހުން: އަދީބު

ދިވެހި ފުުހުންނަކީ ރާއްޖޭގައި ހެދިފައިވާ ގާނޫނު އަސާސީ މުގުރަމުން ދަނިކޮށް ހިމާޔަތްކުރި މީހުން ކަމަށް ޓޫރިޒަމް މިނިސްޓާ އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ 26 ވަނަ ޓްރެއިނިންގ ކޯސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓާ އަދީބު ވިދާޅުވީ، ރާއްޖޭގައި 2008 ވަނަ އަހަރު އަމަލު ކުރަންފެށި ގާނޫނު އަސާސީއަށް އަމަލު ކުރަން ފެށުމަށްފަހު ފުރަތަމަ އެ ގާނޫނު އަސާސީ ދެވުނީ ހަވަރަށް ކަމަށެވެ. އަދީބު ވިދާޅުވީ ގާނޫނު އަސާސީ ހިމާޔަތްކޮށް ރައްޔިތުންގެ ރައްކާތެރިކަން ގާއިމްކޮށްދިނީ ފުލުހުން އެދުވަހު އޭރު އޮތް ސަރުކާރާ ދެކޮޅަށް ނުކުތުމުން ކަމަށެވެ.

އޭނާ ވިދާޅުވީ އެދުވަހު ގައިރު ގާނޫނީ އަމުރުތަކަށް ނޫނެކޭ ބުނުި ބުނުން ދުވަހުވެސް ދިވެހި ގައުމުގެ ތާރީހުން ފޮހެވިގެން ނުދާނެކަމަށެވެ.

”ރާއްޖޭގައި ހެދުނު ގާނޫނު  ފުރަތަމަ ދެވުނީ ހަވަރަށް. ދެން ގާނޫނު މުގުރަމުންދަނިކޮށް ހިމާޔަތްކޮށްދިނީ ފުލުހުން. އަޅުގަނޑު މިއަދު ދަންނަވާނީ ފުލުހުން ފްރޮންޓްލައިނުން އެދުވަހު ދެއްކި ނަމޫނާ ދިވެހި ތާރީހުން ފިލައިގެން ނުދާނޭ،“ މިނިސްޓާ ވިދާޅުވި އެވެ.

އަދީބު އިތުރަށް ވިދާޅުވީ ކުރިއާ ހިލާފަށް ފުލުހުން ރައްޔިތުންގެ ރައްކާތެރި ކަމަށް މިހާރު އިތުރަށް ސަމާލު ކަން ދޭންޖެހޭ ކަމަށާއި އެއީ މީގެ ކުރިން ކަނޑިބަޑި ހިފައިގެން ދިވެހިންނާއި ދެކޮޅަށް އަޔަސް މިހާރު އަންނަނީ ފިކުރީ ހަނގުރާމައެއް ކުރުމަށް ކަމަށެވެ. އެހެން ކަމުން އެފަދަ ހަމަލާތަކުން ރައްޔިތުން ރައްކާތެރި ކުރެވޭނީ ފުލުހުން ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ.

މިއަހު ހުވާކުރި ފުލުހުންނާއި މުހާތަބްކުރައްވާ އަދީބު ވިދާޅުވީ ކޮންމެ ފުލުހަކުވެސް މަސައްކަތް ކުރަންވާނީ ކުށްކުރާ ފަރާތްތައް ޝަރީއަތުގެ ކުރިމައްޗަށް ގެނައުމަށް ކަމަށާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކަމަށެވެ.

މީގެ އިތުރުން ސަރުކާރުން ފުލުހުންގެ ހައުސިންގ އެލެވެންސް އަށް ގެނައި ކުރިއެރުމެކޭ އެއްގޮތަށް ކުރިޔަށް އޮތްތާ އެހެން ދާއިރާތަކުންވެސް ފުލުހުންނަށް ކޮށްދޭންޖެހޭ ކަންކަން ފުރިހަމަ  ކޮށްދޭނެކަމަށް ވިދާޅުވި އެވެ.

 

 

 

 

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *