ފުލުހުންގެ މުޅި މުއައްސަސާ ބަދުނާމު ކުރުމަކީ ކުރެވިގެންވާނެ ކަމެއްނޫން: ސީޕީ

މޯލްޑިވްސް ޕޮލިސް ސަރވިސް މުޅި މުއައްސަސާ ބަދުނާމު ކުރުމަކީ ކުރެވިގެންވާނެ ކަމެއް ނޫންކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅު ވެއްޖެއެވެ.

ދި ޓީވީ އަށް ދެއްވި ބަސްދީގަތުމެއްގައި ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ބައެއް މީހުންފުލުހުންގެ ބޮލުގައި އެކި ކަހަލަ ބަދުނާމުތައް އެޅުވުމަށާއި މޯލްޑިވްސް ޕޮލިސް ސަރވިސް ބަދުނާމު ކުރުމަށް ކުރަމުންދާ ކަންތައްތަކަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަދި ވިޔާނުދާ ކަމެއް ކަމަށެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ފުލުހުންގެ ތެރޭގައި ވަކި ފުލުހެއްގެ މައްސަލައެއް އޮތްނަމަ އެމީހެއްގެ މައްސަލަ ބައްލަވަން ތައްޔާރަށް ހުންނެވިކަމަށެވެ. އޭގެ ބަދަލުގައި މުޅި މުއައްސަސާ ބަދުނާމު ކުރެވިގެން ނުވާނެ ކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ތަފާތު ގޮތްގޮތުން މަޤުބޫލުކަން ހޯދުމަށް ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާއި އަޅުވަމުންދާ ބަދުނާމުތަކަކީ އެފަދަ މީހަކަށް އަދި ޤައުމަށް އަދި ފުލުހުންގެ މުއައްސަސާއަށް ހެޔޮ އެދިގެން ކުރެވިގެންދާ ކަންތައްތަކެއްގެ ގޮތުގައި ދެކިވަޑައި ނުގަންނަވާ ކަމަށެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މިމޭރުމުން ވާހަކަފުޅު ދައްކަވާފައިމިވަނީ ފުލުހުންގެ މުއައްސަސާ ބަދުނާމު ކުރުމަށް އެކި ކަހަލަ ވާހަކަ ދައްކައި އެކިކަހަލަ ކަންކަން ކުރެވެމުންދާ ދުވަސްވަރެއްގައެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ފެންފޯއް ރުއްކެޑީ ފުލުހުން، އެއީ އެންމެން ދަންނަ ކަމެއް. އެއީ ޓެރަރިޒަމް ގެ އަމަލެއް. އެއަމަލު ހިންގި މިޙުންނާ މެދު ފިޔަވަޅު ނާޅާ ރައްޔިތުންގެ ފައިސާއިން ބޮޑުމުސާރަދީފަ ތިތާގަ ބައިތިއްބަންޔާ ހަމަ ތިޔަ މުއައްސަސާ ދާނީ ބަދުނާމް ވަމުން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *