ނަޝީދުގެ ޝަރީއަތަށް ހާޒިރު ކުރަނީ -- ޕޮލިސް ފޮޓޯ
ނަޝީދުގެ ޝަރީއަތަށް ހާޒިރު ކުރަނީ -- ޕޮލިސް ފޮޓޯ

”ޖަލުގައި ރައީސް ނަޝީދަށް ހާއްސަ އެޕާޓްމެންޓަކީ ފަރުނީޗަރާއެކު އޭސީ، ޓީވީ ވެސް ހުންނާނެ އެޕާޓްމެންޓެއް“

ޓެރަރިޒަމްގެ ދައުވާކޮށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލުގައި ހުންނަވާނެ އެޕާޓްމެންޓްގައި ފަރުނީޗަރާއެކު އޭސީއާއި ޓީވީވެސް ހުންނާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގަ އެވެ. އެ ޓްވީޓްގައި މިނިސްޓަރު ވިދާޅުވެފައިވަނީ ރައީސް ނަޝީދަށް ހާއްސަކޮށްފައިވާ 264 އަކަފޫޓު ޖަލު އެޕާޓްމެންޓްގައި އެއް ކޮޓަރިއާއި ސިޓިން ރޫމެއް ހުންނާނެ ކަމަށެވެ. އަދި އެ ކޮޓަރިއާއި ސިޓިން ރޫމަކީ ފަރުނީޗަރު ހަމަކުރެވިފައިވާ އޭސީ އާއި ޓީވީ އާއި ވީސީޑީ ޕްލޭޔަރުވެސް ހުންނާނެ އެޕާޓްމެންޓެއް ކަމަށެވެ.

އަދި އެޕާޓްމެންޓް ހިމެނޭ ސަރަހައްދުގައި 1087 އަކަފޫޓުގެ ބަގީޗާއެއްވެސް އޮންނާނެ ކަމަށާއި ރައީސް ނަޝީދު ޖަލުގައި ވަގުތު ހޭދަކުރައްވާނީ އެކުވެރި ގައިދީންނާ އެކުގައި ކަމަށްވެސް މިނިސްޓަރުގެ ޓްވީޓްގައި ވިދާޅުވެފައި ވެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *