1-0 ގެ ނަތީޖާ އަކުން ރިއާލްއިން މެޗު ކާމިޔާބުކުރިއިރު، މެޗުގެ ހަމައެކަނި ގޯލް ރިއާލްއިން ކާމިޔާބުކޮށްފައިވަނީ މެޗުގެ 27 ވަނަ މިނެޓުގައެވެ.
ޓީމުގެ ފުރަތަމަ އެގާރައަށް ބޮޑު ބަދަލުތަކަކާއެކު ލިވަރޕޫލްއިން ނިކުތްއިރު، ކެޕްޓަން ސްޓީވަން ޖެރާޑް ، ރަހީމް ސްޓަރލިންގެ އިތުރުން ބަލޮޓެލީ ފުރަތަމަ އެގާރާގައި ހިމަނާފައެއް ނުވެއެވެ.
މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ގިނަ ހަމަލާތަކެއް އުފައްދާފައިވަނީ ރިއާލްއިންނެވެ. އެގޮތުން ރިއާލްއިންވަނީ ލިވަރޕޫލްގެ ގޯލަށް އަމާޒުކޮށް 9 ހަމަލާފޮނުވާލާފައެވެ. ލިވަރޕޫލްއަށް ރިއާލްގެ ގޯލަށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ.
މި ގުރޫޕްގެ އަނެއް ދެޓީމު ކަމަށްވާ ބާސެލް އަދި ލުޑަގޮރޭޓްސް ބައްދަލުކުރި މެޗު ބާސެލްއިން ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއެކު ލިވަރޕޫލްވަނީ ތާވަލުގެ 3 ވަނައަށް ޖެހިލާފައެވެ. 1 ވަނައިގައި 12 ޕޮއިންޓާއެކު ރިއާލް އޮތްއިރު ދެވަނައިގައި އޮތީ ބާސެލްއެވެ.