ހޯމް މިނިސްޓަރު އުމަރު ނަސީރު -- ފޮޓޯ: ރައީސް އޮފީސް
ހޯމް މިނިސްޓަރު އުމަރު ނަސީރު -- ފޮޓޯ: ރައީސް އޮފީސް

ކައުންސިލުތަކަކީ ސިޔާސީ ބަޔާން ނެރުމަށް އުފެއްދިފައިވާ ތަންތަނެއް ނޫން

ލާމަރުކަޒީ ގާނޫނުގެ ދަށުން އުފައްދާފައިވާ ކައުންސިލްތަކަކީ ސިޔާސީ ފިކުރު އޮތްގޮތް ބުނެދީ ބަޔާން ނެރެން ގާއިމްކޮށްފައި އޮތް ދައުލަތުގެ މުއައްސަސާއެއް ނޫން ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ލާމަރުކަޒީ ނިޒާމަށް ހަތަރު އަހަރު ފުރުން ފާހަގަކުރުމަށް މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ ދައުލަތުން ކުރާ ބައެއް ކަންތަކާ ގުޅިގެން ކަންސިލްތަކުގެ ލެޓާހެޑްގައި ބަޔާންތައް ނެރެނީ ލާމަރުކަޒީ ނިޒާމް ހިނގާގޮތަށް އެ ކައުންސިލްތަކަށް ރަނގަޅަށް ނޭނގޭތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

”އަޅުގަނޑަށް ހީވަނީ މިކަހަލަ ކަން ކަން މި ދިމާވަނީ މި ނިޒާމު އަދި ރަނގަޅަށް ނޭނގޭތީވެ ނުވަތަ މި ނިޒާމަށް ރަނގަޅަށް އަހުލުވެރި ނުވާތީ ހިނގާ ކަންކަން ހެން، އެހެންނޫން ނަމަ މި ކަންކަމެއް ނުވެއް ހިނގާނެ. އެހެންވީމާ އަޅުގަނޑުމެން ހަމަ އެދެނީ އެކަން ކަން އެހެން ނުކުރަން،“ އުމަރު ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު ވިދާޅުވީ ކައުންސިލުތައް ވާން ޖެހޭނީ ރައްޔިތުންގެ ހިތްހަމަ ނުޖެހުމަށް ވާގި ދިނުމުގެ ބަދަލުގައި ރައްޔިތުންގެ ހިތްހަމަ ނުޖެހުންތައް ހައްލުކުރުމަށް މަސައްކަތް ކުރާ އިދާރާއަކަށް ކަމަށެވެ. ރަށެއްގައި ޑޮކްޓަރަކު ނެތިގެން ހޮސްޕިޓަލު ބަންދުކުރުމާއި ސްކޫލްގައި ޕްރިންސިޕަލަކު ނެތިގެން ސްކޫލްތައް ބަންދުކުރުން ފަދަ ކަންކަމުގައި ކައުންސިލްތަކުން ހިތްވަރު ނުދިނުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.

ކައުންސިލުތައް އޮތީ ކޮންމެ ފިކުރެއްގައި ނަމަވެސް، ރައްޔިތުންނާ މެދު ހަމަހަމަކަމާއި އިންސާފުން ހިދުމަތް ދިނުމުގައި އަމަލުކުރުމަށް އުމަރު ވަނީ ކައުންސިލުތަކަށް ގޮވައިލައްވައިފަ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *