ހިންދީ ފިލްމް އިންޑަސްޓްރީ ބޮލީވުޑަސް ވަދެވުނީ ކަރީނާ ކަޕޫރުގެ ފަރާތުން ލިބުނު ހިތްވަރުންކަމަށް މިފަހަކުން ނުކުތް އެންމެ މަގުބޫލު ފިލްމް ”ޕީކޭ“ ގެ ބަތަލާ އަނުޝްކާ ޝަރުމާ ބުނެފި އެވެ.
މިއަހަރު އެންމެ ކާމިޔާބު އަންހެން ތަރިއަކަށް ވާނެ ކަމަށް ބެލެވިފައިވާ އަނުޝްކާ ބުނީ ބޮލީވުޑަށް ވަންނަ ހިތްވީ ކަރީނާ ކަޕޫރު 2007 ވަނަ އަހަރު ކުޅުނު ”ޖަބް ވީ މެޓް“ ބެލުމަށް ފަހު ކަމަށެވެ. އަނުޝްކާ ބުނީ އޭގެ ކުރިން ދުވަހަކުވެސް ފިލްމް ކުޅޭހިތް ނުވާކަމަށާއި އެ ފިލްމް ބެލުމުން ފިލްމީ ދާއިރާގެ ރީތިކަން ފެނިގެން ދިޔަކަމަށެވެ.
ރިޕޯޓުތައް ބުނާގޮތުން ޕީކޭގެ ބަތަލާ އަނުޝްކާއަށް މިއަހަރު ވެގެންދާނީ ވަރަށް ކާމިޔާބު އަހަރަކަށެވެ. އެއީ އޭނާގެ ދެތިން ފިލްމެއް މިއަހަރުތެރޭ ބެލުން ތެރިންނަށް ގެނެސްދެވޭނެ ތީއެވެ. އަދި އެ ފިލްމްތަކަކީ ބެލުންތެރިންގެ މަގުބޫލުކަން ހޯދާނެ ފިލްމް ތަކެއްކަމަށް ފިލްމީ ދާއިރާގައި މަސައްކަތް ކުރާ މީހުން ގަބޫލް ކުރާތީމެސް ވެ އެވެ.
މިއަހަރު ނުކުންނަން ހަމަޖެހިފައިވާ އަނުޝްކާގެ ފިލްމް ތަކުގެ ތެރޭގައި އޭނާގެ އަމިއްލަ ފިލްމް ކުންފުނިން ނެރޭ ”އެން އެޗް 10“ އާއި ”ދިލް ދަދަކްނޭ ދޯ“ ގެ އިތުރުން ”ބޮމްބޭ ވެލްވެޓް“ ހިމެނެ އެވެ.