ޕާކިސްތާން އެފްއޭގެ ޕޯސްޓް: ދުނިޔޭގެ އެންމެ މަޝްހޫރު ކުޅުންތެރިންނާއެކު ދަނގަޑޭ

ޢަލީ އަޝްފާޤު (ދަނގަޑޭ) އަކީ ހަމައެކަނި ދިވެހިރާއްޖެއަށް އެކަނި މަޝްހޫރު ނަމެއް ނޫނެވެ. ސަރަހައްދީ ފުޓްބޯޅައިގެ ވާދަވެރިންގެ މެދުގައިވެސް ދަނގަޑޭގެ ނަމަކީ މަޝްހޫރު ނަމެކެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އިތުރުން ގިނަ ބަޔަކު އެއްބަސްވާ ގޮތުގައި ދަނގަޑޭއަކީ ދެކުނު އޭޝިއާގެވެސް އެންމެ މޮޅު ކުޅުންތެރިޔާއެވެ.

ސަރަހައްދީ ފުޓުބޯޅައިގެ ވާދަވެރި ޓީމުތަކުން ރާއްޖެއާއި ދެކޮޅަށް ކުޅޭ މެޗުތަކުގައިވެސް އެންމެ ބޮޑު ސަމާލުކަމެއް ދެނީ ދަނގަޑޭއަށެވެ. އެހެންކަމުން ދަނގަޑޭގެ ނަމަކީ ސައުތު އޭޝިއާގެ ފުޓްބޯޅައިގެ ހުރިހާ ފަރާތްތަކަކުންވެސް ދަންނަ ނަމެކެވެ. އޭޝިއާގެ ފުޓްބޯޅައިގެ ޙަރަކާތްތެރިވާ ހުރިހާ ފަރާތްތަކަކުންވެސް ދަނގަޑޭގެ މޮޅުކަމާމެދު ޚިލާފެއް ނެތި އެއްބަސް ވެއެވެ.

ޕާކިސްތާނުގެ ފުޓްބޯޅަ އިދާރާ ނުވަތަ ޕާކިސްތާން ފުޓްބޯލް ފެޑްރޭޝަންގެ ރަސްމީ ފޭސްބުކް ޕޭޖުގައި އެޤައުމުގެ މަޝްހޫރު ކުޅުންތެރިޔާ ހަސަން ބާޝިރުގެ މުހިންމުކަން ޕާކިސްތާނަނަށް ހާމަކޮށްދިނުމުގެ ގޮތުން ފޮޓޯއަކާއެކު ޝާޢިއުކޮށްފައިވަ ޕޯސްޓްގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންނާއެކު ދަނގަޑޭގެ ނަމާއި ފޮޓޯވެސް ވަނީ ހިމަނާފައެވެ.

މިގޮތުން ދުނިޔޭގެ އެންމެ މޮޅު ދެ ކުޅުންތެރިންކަމުގައިވާ ޕޯޗްގަލްގެ ކުރިސްޓިއާނޯ ރޮނަލްޑޯއާއި އާޖެންޓީނާގެ ލަޔަނަލް މެސީގެ އިތުރުން ސުވިޑެންގެ އިބްރޮހިމްވިޗް އާއި އިނގުލެންޑުގެ ވޭން ރޫނީއާއި ޖަރުމަންގެ މެސްޓް އޮޒިލްވެސް ވަނީ ހިމަނާފައެވެ. ކޮންމެ ކުޅުންތެރިއެއްގެ ފޮޓޯގައިވެސް އެޤައުމުގެ ފުޓްބޯޅައަށް އެކުޅުންތެރިއެއްގެ މުހިންމުކަން އެނގޭނެ ގޮތަށް ލިޔުންކޮޅެއްވެއެވެ. މިޕޯސްޓުންވެސް ދަނގަޑޭ ފެންވަރާމެދު ސަރަހައްދީ ވާދަވެރިންވެސް ސުވާލެއްނެތި އެއްބަސްވާކަންވެސް ހާމަކޮށްދެއެވެ.

Pak

ފޮޓޯގެ އެންމެ ތިރީގައިވަނީ ބާޝިރުގެ ފޮޓޯއެވެ. ބާޝިރު އަކީ ޑެންމާކުގެ ދެ ވަނަ ޑިވިޜަންގެ ކުލަބެއް ކަމުގައިވާ ފުރިމާޑް އަމަގަރއަށް ކުޅެމުންއަންނަ ކުޅުންތެރިއެކެވެ.

ފޮޓޯގައި ޝާއިއުކޮށްފައިވާ ލިޔުންކޮޅުގައި ބުނެފައިވަނީ ޕާކސްތާންއަށް ބާޝިރު އެހީތެރިކަން ބޭނުންވާކަމަށާއި މިމަހު 17 ވަނަ ދުވަހު ޔަމަންގެ ޤައުމީޓީމާއި ދެކޮޅަށް ޕާކިސްތާން ނިކުންނަމެޗްގައި ބާޝިރުގެ ހުނަރުވެރިކަން ފެންނަން ބޭނުންވާކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *