ހުއްދަ ނުހޯދާ ވީޑިއޯކުރި ކަމަށްބުނެ ރާއްޖެ ޓީވީގެ ހަތަރު މުވައްޒަފަކު ފުލުހުންގެ ބެލުމުގެ ދަށަށް

މާފަންނު ޝަހީދު އަލީ ހިނގުމުގައި ހުންނަ ”ކެފޭ ލަޔާލީ“ އަށް ވަދެ ހުއްދަ ނުހޯދާ ވީޑިއޯ ކުރި ކަމަށްބުނެ ރާއްޖެ ޓީވީގެ ހަތަރު މުވައްޒަފަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ އިންފޮމޭޝަން އޮފިޝަރު އިސްމާއިލް އަލީ ވިދާޅުވީ ރާއްޖެ ޓީވީގެ ހަތަރު ނޫސްވެރިޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ހުއްދަ ނުހޯދާ ރެސްޓޯރެންޓަކަށް ވަދެ  ވީޑިއޯ ކުރުމުން ކަމަށެވެ.

ފުލުހުން މިހެން ބުނެފައިވާއިރު ރާއްޖެ ޓީވީން ބުނެފައިވަނީ  ޕްރޮސެކިއުޓާ ޖެނެރަލް އަދި ގާޒީ ބާރީ ލަޔާލީ ކެފޭގައި ބައްދަލުކުރަމުންދަނިކޮށް އެތަނަށް ދިޔަ ނޫސްވެރިން ހައްޔަރުކޮށްފައިވާކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *