ކުޑަކަމުދާ ތަކެތި ޓެސްޓް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނު ކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރެވޭ މީހުންގެ ކުޑަކަމުދާ ތަކެތި ޓެސްޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް ނޭޝަނަލް ޑްރަގް އޭޖެންސީން އިއުލާނު ކޮށްފި އެވެ.

އެ އޭޖެންސީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މަސްތުވާއެއްޗެއް ބޭނުންކުރިކަމުގެ ތުހުމަތުކުރެވޭ މީހެއްގެ ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް ހޯދައި، އެ ސާމްޕަލް ދެބަޔަށް ބަހައި، ދެވަނަބައިގެ ޓެސްޓް އެ ޤާނޫނުގެ ދަށުން މިއެޖެންސީން ހަދާ ގަވާއިދުގެ ދަށުން ހުއްދަކުރާ އިދާރާއަކުން ހަދަންޖެހޭތީ، 5 އަހަރު ދުވަހުގެ މުއްދަތަށް މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ނަގާ ކުޑަކަމުދާތަކެތި 5 އަހަރަށް ޓެސްޓް ކޮށްދިނުމަށް ޝައުޤުވެރިވާ އަމިއްލަ ފަރާތްތަކުން ހިންގާ ލެބޯޓްރީތަކަށް ފުރުޞަތު ހުޅުވާލާ ކަމަށެވެ.

އަދި މިއަހަރުގެ އޮކްޓޯބަރުގައި ކުރި އިޢުލާނަށް އެދެވިގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކުރުމަށްފަހު، އަލުން މި މަސައްކަތް 5 (ފަހެއް) އަހަރުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާކަމަށް އެ އިއުލާނުގައި ވެއެވެ.

އެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފު ކުރުމަށް މިމަހުގެ 17 ވަނަ ދުވަހު 14:00 އަށް އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް މިމަހުގެ 26 ވަނަ ދުވަހު އެންޑީއޭގެ އޮފީސް (ގ.ގްރީންގެ /އަލިކިލެގެފާނުމަގު)  އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދޭ ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *