މެޗުގެ ނަތީޖާ 1-1ން ނިމިފައިވާއިރު މެޗުގައި ދެޓީމުންވެސް ކާމިޔާބުކޮށްފައިވަނީ 2 ޕެނެލްޓީއެވެ. މެޗުގެ 35 ވަނަ މިނެޓުގައި ގާސިއާގެ ޕެނެލްޓީން ތާވަލުގެ އެއްވަނައިގައި އޮތް ކޮލްކަޓާއިންވަނީ ލީޑު ނަގާފައެވެ. މެޗުގެ ނަތީޖާ ޗެންނާއި އެފްސީއަށް ހަމަހަމަކޮށްދިނީ އިންޑިއަން ސުޕަރލީގުގެ މިހާތަނަށް އެންމެ ގިނަ ގޯލްޖަހާފައިވާ ކުޅުންތެރިޔާ ބްރެޒިލްގެ އެލާނޯއެވެ. އެލާނޯވަނީ ލީގުގައި މިހާތަނަށް 6 ގޯލް ޖަހާފައެވެ. މެޗުގައި ޗެންނާއި އެފްސީއަށްވަނީ ރަތް ކާޑެއްވެސް ދައްކާފައެވެ.
މެޗަށްފަހު ޗެންނާއި އެފްސީގެ ކޯޗު އަދި ކުޅުންތެރިޔާ މަޓެރައްޒީ ބުނެފައިވަނީ ސަޕޯޓަރުން އަދި ޓީމުގެ ކުޅުންތެރިން ދެއްކި ހިތްވަރުގެ ސަބަބުން ރަތް ކާޑަކާއެކުވެސް މެޗުން އެއްވަރުވުމުން ހިތްހަމަޖެހޭ ކަމަށެވެ.
އިންޑިއަަން ސުޕަރލީގުގައި މިރޭ ވާދަކުރާނީ މުމްބާއީ ސިޓީ އެފްސީ އަދި ދެއްލީ ޑައިނަމޯސްއެވެ.