ގދ. ގައްދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މަސްތުވާތަކެތި ބަންދުކުރުމުގެ މަސައްކަތްކުރަމުންދާކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ގައްދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މާރޗް މަހުގެ 4 ވަނަ ދުވަހުގެ 13:00 ހާއިރު އޭނާ ދިރިއުޅެމުންދާ ކޮޓަރިތެރެއިން ކަމަށް ފުލުހުން ބުނެއެވެ.
މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާގެ ހަށިގަނޑާއި އޭނާ އެވަގުތު އިން ކޮޓަރި ބަލައިފާސްކުރިއިރު އެކޮޓަރި ތެރެއިން މަސްތުވަތާކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 8 ރަބަރު ޕެކެޓާއި ރަބަރު 10 ހޮޅިކޮޅާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހޭކިފައިހުރި 12 ރަބަރު ޕެކެޓް ފެނިފައިވާކަމަށާއި މި މީހާއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށްބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށެވެ.