އިރާގު ސިފައިން ކުޑަކުއްޖެއްގެ ގަޔަށް ބަޑި ޖަހާ މަރާލާ ވީޑިއޯއެއް އާންމުވެއްޖެ

އައިއެސް ޖަމާއަތުން އިންސާނިއްޔަތާ ހިލާފު އަމަލުތައް ކުރަމުން އަންނަކަމަށް އެންމެ ގަދަޔަށް ވާހަކަދައްކާ އިރާގު ސިފައިން ކުޑަކުއްޖެއްގެ ގަޔަށް ބަޑި ޖަހާ މަރާލާ ވީޑިއޯއެއް އާންމުވެއްޖެ އެވެ.

އެ ވީޑިއޯއިން ފެންނަނީ އުމުރުން 11 އަހަރު ކަމަށް ބެލެވޭ ކުޑަކުއްޖެއްގެ ގަޔަށް ވަރަށް ކައިރިން ބަޑި ޖަހާ މަރާލާ މަންޒަރެވެ.

ސޫރިޔާ ހަރަކާތްތެރިވަމުން އަންނަ އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން އިރާގު ސިފައިންގެ މި އަމަލު ކުށްވެރިކޮށްފައިވާއިރު އެ ޖަމިއްޔާގެ ޑިރެކްޓަރު ބުނެފައިވަނީ އައިއެސް އިން ކުރާ ކަހަލަ އިންސާނިއްޔަތާ ހިލާފު ކަންކަން އިރާގުން ކުރުމަކީ ހިތާމަކުރަން ޖެހޭ ކަމެއް ކަމަށާއި ހަނގުރާމައިގެ ޝިކާރައަށް އަންހެނުންނާއި ކުޑަކުދިންވުން މިހާރު އިތުރުވަމުން އަންނަ ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *