ޝަރީއަތަށް ފަހު ނާޒިމް ވަޑައިގެންނަވަނީ -- ދުވަސް ފޮޓޯ: އަޒްމީ އަލީ
ޝަރީއަތަށް ފަހު ނާޒިމް ވަޑައިގެންނަވަނީ -- ދުވަސް ފޮޓޯ: އަޒްމީ އަލީ

ނާޒިމްގެ ޝަރީއަތްތައް ހުޅުވާލައިގެން ބާއްވައި ދިނުމަށް އެދެފި

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަތިޔާރު ގެންގެޅުމުގެ ކުށުގެ ދައުވާގެ ޝަރީއަތްތައް އާއްމުކޮށް ހުޅުވާލައިގެން ބޭއްވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ނާޒިމް މިއަދު އެދިވަޑައިގެންފި އެވެ.

ރައީސް އަބްދުﷲ ޔާމީނާއި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) މުހުތާޒް މުހުސިނަށް ވަކިވަކިން ފޮނުއްވި ސިޓީއެއްގައި، ނާޒިމް ވިދާޅުވި ގޮތުގައި، މިހާރު ޝަރީއަތް ކުރިއަށް ގެންދާ ގޮތުން، އޭނާގެ ހައްގުތަކެއް ގެއްލެމުންދާ ކަމަށެވެ. އެގޮތުން އެ މައްސަލައިގެ ޝަރީއަތް ހިންގަމުން ގެންދަނީ، އުފައްދާފައިވާ ހެކިތަކެއްގެ މައްޗަށް ބިނާކޮށް ކަމަށްވާތީ މިހާރު ޝަރީއަތް ކުރިޔަށް ގެންދާގޮތުން ހައްގުތަކެއް ގެއްލެމުންދާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ނާޒިމްގެ ސިޓީގައި ވަނީ އެ ހައްގުތައް ނެގެހެއްޓުމަށް، ގާނޫނުއަސާސީ އާއި ސުޕްރީމް ކޯޓުން މީގެ ކުރިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް، ޕީޖީ މަސައްކަތް ކުރައްވަމުން ނުގެންދަވާ ކަމަށް ތުހުމަތުކުރެއްވި އެވެ. އަދި ޕީޖީގެ ގާނޫނީ މަސްއޫލިއްޔަތުތައް އަދާކުރައްވާނެ ކަމަށް ބަރޯސާވެވެން ނެތް ކަމަށެވެ.

އެ ސިޓިގައި ވަނީ ނާޒިމް އާއި ދެކޮޅަށް ކުރަމުންދާ ދައުވާ ފަދަ  އާއްމުކޮށް ހުޅުވާލައިގެން މީގެ ކުރިން ބާއްވާފައިވާ ބައެއް ޝަރީއަތްތައް، ފާހަގަކުރައްވާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ، 2003 ގައި މާފުށީ ޖަލުގައި އީވާން ނަސީމް މަރާލި މައްސަލައިގެ ޝަރީއަތާއި އެ ހާދިސާއާ ގުޅިގެން ޖަލުގައި ބަޑި ޖެހި މައްސަލައިގެ ޝަރީއަތުގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް 2005 ގައި ކުރި ދައުލަތާ އިދިކޮޅު އަމަލެއް ހިންގުމުގެ ދައުވާ އާއި ޓެރަރިޒަމްގެ ކުށުގެ ޝަަރީއަތެވެ.

ނާޒިމް ހުށަހަޅުއްވާފައި ވަނީ، އޭނާއާ ދެކޮޅަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ދަރުބާރުގެ ނުވަތަ ޖާގައިގެ ދަތިކަން ނެތް އެފަދަ ތަނެއްގައި ބާއްވައި ދިނުމަށެވެ. އެކަމަށް ބޭނުންވާ ހަރަދު ދައުލަތަށް ނުކުރެވޭ ކަމަށް ވާނަމަ، އެ ހަރަދު އަމިއްލަ އަށް ކުރެއްވުމަށް ވެސް އޭނާ ހުށަހަޅުއްވާފައިވެ އެވެ.

ދައުލަތުން އުފުލާފައިވާ ހަތިޔާރު ގެންގުޅުމުގެ ދައުވާއަށް ނާޒިމް ވަނީ އިންކާރު ކުރައްވާފައި އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *