އައިއެސްއިން ކުޑަކުދިންނަށް ދައްކާ މަންޒަރު ކަމަށް ބުނެ ފެތުރެމުން އަންނަ ފޮޓޯ --
އައިއެސްއިން ކުޑަކުދިންނަށް ދައްކާ މަންޒަރު ކަމަށް ބުނެ ފެތުރެމުން އަންނަ ފޮޓޯ --

އައިއެސް އިން ކުޑަކުދިންނަށް ދައްކާ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް !

އިރާގާއި ސޫރިޔާގައި ވަކި ހިލާފަތެއް އިއުލާނު ކުރުމަށްފަހު އެ ހިލާފަތު ދެމެހެއްޓުމަށް ހަނގުރާމަ ކުރަމުން އަންނަ އައިއެސް އިން ކުޑަކުދިންނަށް ދައްކާ މަންޒަރުތައް ދައްކުވައިދޭ ފޮޓޯއެއް އިންޓަނެޓްގައި އާއްމުވެ ގިނަވެއްޖެ އެވެ.

އެ ފޮޓޯއިން ފެންނަނީ ރަހީނު ކޮށްފައިވާ ތިން މީހަކަށް އަނިޔާކޮށް ބަނދެފައި ތިބޭއިރު ކުޑަ ތިން ކުއްޖަކު ބަނދެފައި ތިބި މީހުންނަށް ބަލަން ތިބޭ މަންޒަރެވެ. އަދި އެތަކުން އެއްކުއްޖަކު ބޮޑު ގަލެއް ހިފައިގެން ހުރުމުން ބެލެވެނީ ބަނދެފައި ތިބި މީހުންގެ ގައިގާ ޖަހަން އެ ކުއްޖާ ތައްޔާރުވަމުން އަންނަ ކަން ކަމަށް މި ފޮޓޯ އާމެދު ވާހަކަދައްކާ މީހުން ބުނެ އވެެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އައިއެސް އިން އިދިކޮޅު ފަރާތްތައް ބިރު ގެންނެވުމަށް މިފަދަ ފޮޓޯއާއި ވީޑިއޯ އާންމު ކުރެ އެވެ. އެގޮތުން ކަރު ބުރިކުރާ ވީޑިއޯތަކާއި އެންމެ ފަހުން ކަރު ބުރި ކުރި މީހާއާއެކު ކުޑަކުދިން ނަގާފައިވާ ފޮޓޯތަކަކީ އިދިކޮޅު ފަރާތްތައް ބިރުގެންނެވުމަށް އައިއެސްއިން ކުރަމުން އަންނަ ކަމެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އައިއެސް ޖަމާއަތުގައި ގެންގުޅޭ ކުޑަކުދިންގެ ސީދާ އަދަދު ނޭންގުނު ނަމަވެސް ދާދިފަހުން އެކްޓިވިސްޓް ގްރޫޕެއް ކަމަށްވާ ރައްގާ ގްރޫޕުން ނެރުނު ރިޕޯޓެއްގައި ވާގޮތުން ފަސް އަހަރުގެ ކުދިން ޓްރޭންކޮށްގެން އައިއެސް އިން ބޭނުން ކުރަމުން ދެއެވެ. އަދި ބައެއް ކުދިން ލައްވާ މީހުންގެ ކަރު ބުރި ކުރުން ފަދަ ކަންކަމަކީ އައިއެސް ޓްރޭނިން ކޭމްޕްތަކުގައި ކުރަމުން އަންނަ ކަންކަން ކަމުގައިވެސް ރައްގާގެ ރިޕޯޓްގައި ވެ އެވެ.

ބައިނަލްއަގްވާމީ ކުޑަކުދިންގެ ޖަމިއްޔާ ޔުނިސެފުން ހާމަކުރާ ގޮތުގައި ސޫރިޔާއާއި އިރާގުގެ މަސްރަހު ދުވަހެއް ދުވަހަކަށް ގޯސް ވަމުން އަންނައިރު އެ ސަރަހައްދުގެ 6 މިލިއަނަށްވުރެ ކުޑަކުދިންނަށް އެކިވަރަށް އަސަރު ކޮށްފައިވެއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *