ގާސިމް އިބްރާހިމްގެ ދޮށީ ދަރިކަލުން ހައްޔަރު ކޮށްފި

ދުވަސް އެމްވީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމްގެ ދޮށީ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް ހައްޔަރު ކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ސިޔާދު ހައްޔަރު ކޮށްފައިވަނީ މިރޭ 06:30 ހާއިރުގައި އެވެ. ހައްޔަރު ކޮށްގެން ފުލުހުންގެ މައި މަރުކަޒަށް ސިޔާދު ގެންގޮސްފައިވާކަމަށްވެސް މައުލޫމާތު ލިބެ އެވެ.

ސިޔާދު ހައްޔަރު ކުރި ސަބަބު އަދި ސާފެއް ނުވެ އެވެ. އޭނާއަކީ ވިލާ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރ އެވެ.