މޯލްޑިވިއަން އައިޑޮލް ސީޒަން 3 ޕްރިމިއާރ ކުރުން ފަސްކޮށްފި !

ޒިދާން މުހައްމަދު

މިރޭ 23:30 ގައި ކުރިއަށް ގެންދިއުމަށް ތާވަލު ކުރެވުނު މޯލްޑިވިއަން އައިޑޮލް ސީޒަން 3ގެ ޕްރިމިއާރ ޝޯ ފަސްކޮށްފިއެވެ.

ސޯ ފަސް ކުރި ސަބަބު ހާމަ ކޮށްފައި ނުވިނަަމަވެސް ބެލެވޭގޮތުގައި ފަސްކޮށްފައިމިވަނީ ސިޔާސީ ގޮތުން ގައުމު ހަލަބޮލިވެފައި ވުމުންނެވެ. އަދި ޕްރިމިއަރ ކުރާނެ ދުވަހެއްވެސް ހާމަކޮށްފައެއް ނުވެ އެވެ.

ޕީއެސްއެމްއިން ބުނެފައިވަނީ މިފަހަރުގެ ޝޯ ވަރަށް ފޯރިގަދަ ވާނެ ކަމަށެވެ. އަދި ވޭތުވެ ދިޔަ ދެ ސީޒަން އާއި މި ސީޒަންގެ ވަރަށް ބޮޑެތި ތަފާތު ތަކެއް ފެންނާނެ ކަމަށް “އައިޑޮލް ޓީމް”ން ބުނެއެވެ.

މޯލްޑިވިއަން އައިޑަލްގެ ސީޒަން 3 ގެ ޕްރެޒެންޓަރުންގެ ގޮތުގައި ހަމަޖައްސާފައި ވަނީ މޫސާ ވަސީމްއާއި ޝާއިނާ ޝަރީފްއެވެ. މިފަހަރު ޖަޖްޕެނަލްއާއި އަލަށް ގުޅުނީ މަޝްހޫރު ލަވަކިޔުންތެރިއާ ޒާރާއެވެ. ޒާރާ މުޖުތަބާގެ އިތުރުން، މިފަހަރުގެ ޖަޖުންގެ ޕެނަލް އިން މަރިޔަމް އުނޫޝާއާއި އިސްމާއިލް އައްފާންއާއި އަހުމަދު އިބްރާހިމް (އައްމަޑޭ) ވެސް ފެނިގެން ދާނެއެވެ.

މޯލްޑިވިއަން އައިޑޮލް ސީޒަން 3ގެ ޓައިޓްލް ސްޕޮންސާރ އަކީ މީގެ ކުރީ ސީޒަންގެވެސް ޓައިޓްލް ސްޕޮންސާރ ކުރި ދިރާޤެވެ.