ރާޢްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު ދެން ބަދަލު ނުކުރާނެ ކަމަށް ސްޓެޓިސްޓިކްސް ޑިޕާޓްމަންޓުން ބުނޭ --
ރާޢްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު ދެން ބަދަލު ނުކުރާނެ ކަމަށް ސްޓެޓިސްޓިކްސް ޑިޕާޓްމަންޓުން ބުނޭ --

ސިޓީ ކައުންސިލުން ދޭ ބައެއް ހުއްދަތައް އިކޮނޮމިކް މިނިސްޓްރީއަށް ބަދަލުކޮށްފި

މާލޭ ސިޓީ ކައުންސިލުން ދޫކުރަމުން ދިޔަ ބައެއް ހުއްދަތައް މިނިސްޓްަރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓަށް ބަދަލުކޮށްފި އެވެ.

އިކޮނިމިކް މިނިސްޓްރީން ބުނީ ނައިޓް މާކެޓް ބޭއްވުމަށް ދޫކުރާ ހުއްދައާއި ކާނިވަލާއި، ފަންފެއާ އާއި ޕްރޮމޯޝަން ފެއާ ތައް ބޭއްވުމުގެ ހުއްދަ ދެން ދޫކުރާނީ އެ މިނިސްޓްރީން ކަމަށެވެ. އަދި މިކަންކަން ކުރުމަށް ހުއްދައަށް އެދޭ ފޯމް އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ.

މީގެ ތެރެއިން ނައިޓް މާކެޓަކީ ސިޓީ ކައުންސިލުން ގޯމީޑިއާއާއި އެކު އެއްބަސްވުމެއް ވެގެން އެ ކުންފުންޏަށް ދޫކޮށްފައިވާ ހުއްދަ އެކެވެ.

ސިޓީ ކައުންސިލުން ދޫކުރާ މި ހުއްދަތައް އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވަނީ އެ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ބައެއްކަންކަން ނެގެމުންދާ ދުވަސް ވަރެއްގައި އެވެ. އެގޮތުން މިދިޔަ ހަފްތާގައި ވަނީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މާލޭގެ ހުރިހާ މަގުތަކެއް ހައުސިންގ މިނިސްޓްރީއަށް ނަގާފައި އެވެ. އަދި މީގެ ކުރިން ވަނީ މާލޭގެ ބޮޑެތި ހުސްބިންތައްވެސް ސިޓީ ކައުންސިލްގެ ކިބައިން ނަގާފައި އެވެ.

 

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ދެން ސިޓީކައުންސިލް އޮވާލަން ވީނު، މިއޮތް ފެންނަނީ ހުދުމުހުތާރު ވެރިކަމުގެ އަލާމަތްތަކުގެ ތެރެއިން އަލާމާތްތައް، ޝުކުރިއްޔާ ގައުމު،

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *