ދުބާއީ ފުލުހެއްގެ ގައިގާ ދަތް އެޅި އަންހެނަކު ހަ މަހަށް ޖަލަށް

ދުވަސް އެމްވީ

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައި ދުބާއީ ފުލުސް އޮފިސަރެއްގެ ގައިގާ ދަތް އެޅި އަންހެނަކު ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމް  ކޮށްފި އެވެ.

ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ އުމުރުން 24 އަހަރުގެ، އުގަންޑާއަށް ނިސްބަތްވާ އަންހެނެކެވެ.

މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވާގޮތުގައި އެ އަންހެންމީހާ ފުލުސް އޮފިސަރެއްގެ ގައިދާ ދަތް އަޅާފައިވަނީ ޕާސްޕޯޓް ދެއްކުމަށް އެދުމުން އެކަމަށް ދެކޮޅުހަދާ ދުއްވައިގަތުމުން، ދުބާއީ ފުލުހަކު އެ އަންހެން މީހާ ހިފެހެއްޓުމުންނެވެ.

ދުބާއީ ކޯޓުން ހާމަކޮށްފައިވާގޮތުގައި އެ އަންހެންމީހާއަކީ ގަވާއިދާއި ހިލާފަށް އެ ގައުމަށް އެތެރެވެފައިވާ މީހެކެވެ. ހުކުމް ތަންފީޒުކޮށް ނިމުމުން ޑިޕޯޓް ކޮށްލަންވެސް ހުކުމް ކޮށްފައި ވެ އެވެ.