އިންސްޓާގައި “ލާސްޓް އޮންލައިން ފީޗަރ” އޮފް ކޮށްލެވިދާނެ

މޫސާ ފަތުހީ

އިންސްޓަގްރާމްގައި “ލާސްޓް އޮންލައިން ފީޗަރ” ފެނިގެންދިޔައީ ނިމިދިޔަ ހަފްތާގެ ތެރޭގައި އެވެ. މި ފީޗަރ އަކީ ޑައިރެކްޓް މެސެޖިން ސިސްޓަމް އަޕްޑޭޓްކަންމަތީ ދެމެހެއްޓުމަށް ފޭސްބުކުން ގެނައި ބަދަލެއް ކަމުގައި ބެލެވެ އެވެ. ފޭސްބުކް މެސެންޖާގައިވެސް މި ފީޗާ އިނދެ އެވެ.

މި ފީޗަރ ފެންނަނީ ފޮލޯ ކޮށްފައި ތިބޭ މީހުންނަށާއި މެސެޖު ކޮށްފައިތިބޭ މީހުންނަށް ނަމަވެސް މި ފީޗާ އަކީ އެންމެން ގަޔާވާ ފީޗަރ އަކަށް ނުވެދާނެ އެވެ. އެއީ އެންމެ ފަހުން އޮންލައިން ވި ވަގުތު ބަޔަކަށް އެނގެން ބޭނުން ނުވާ މީހުންނަށެވެ.

އެ ފަރާތްތަކަށް މިއޮތީ އުފާވެރި ހަބަރެކެވެ. އެއީ މި ފީޗަރ އަކީ އޮފް ކޮށްލެވޭ ފީޗަރ އެއް ކަމެވެ.

އޮފް ކޮށްލަން ބޭނުން ނަމަ ފުރަތަމަ “ޕްރޮފައިލް ޓެބް” އަށް ކްލިކް ކޮށްލާށެވެ. ދެން ތިރިއަށް ސްކްރޯލ ކޮށް “ސެޓިންގްސް” ހިޔާރު ކުރާށެވެ. އަދި ސެޓިންގްސްގައި އިންނަ “ޝޯ އެކްޓިވިޓީ ސްޓެޓަސް” އޮފްކޮށްލުމުން މި ފީޗަރ އޮފް ވާނެ އެވެ.