"އެންއެޗް10" ގެ ޕޯސްޓަރެއް
"އެންއެޗް10" ގެ ޕޯސްޓަރެއް

އާ ގަވައިދާ ހެދި އަނުޝްކާގެ ފިލްމް ރިލީޒް ކުރުން ފަސް ޖެހިއްޖެ

ބޮލީވުޑްގެ ތަރި އަނުޝްކާ ޝަރުމާ އެންމެ ފަހުން ކުޅުނު ފިލްމް ”އެންއެޗް10“ އަށް ސެންސަރު ބޯޑުގެ އާ ގަވައިދާ ކުރިމަތިލާންޖެހި ދުވަހަށް ރިލީޒް ނުކުރެވިދާނެ ކަމުގެ ބިރާ ކުރިމަތިލާން ޖެހިއްޖެ އެވެ.

އިންޑިއާގެ ސެންސަރު ބޯޑުން ހެދި އާގަވައިދެއްގެ ދަށުން މިހާރު ވަނީ ފިލްމްތަކުގައި ބޭނުން ނުކުރެވޭނެ ބަސްތަކުގެ ލިސްޓެއް ހަދާފައި އެވެ. އެކަމާ ފިލްމް އުފައްދާ ފަރާތްތަކާއި ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށް، ސެންސަރު ބޯޑާއި ދެމެދު ހިޔާލުތަފާތުވުންތަކެއް އުފެދިފައި އެވެ.

ސެންސަރު ބޯޑުން ހެދި އާ ގަވައިދުގެ ދަށުން އެންމެ ފުރަތަމަ ބޭނުން ކޮށްފައި ހުރި ބަސްތަކެއް ކަނޑަން ޖެހުނީ އަނުޝްކާގެ ”އެންއެޗް10“ އަށެވެ. އަނުޝްކާގެ ޕްރޮޑަކްޝަން ހައުސް އިން ނެރޭ އެ ފިލްމް ނިންމުމަށް ފަހު ސެންސަރު ބޯޑަށް ހުށަހެޅުމުން ވަނީ ފިމްލްގައި ބޭނުން ކޮށްފައި ހުރި ބަސްމަގާއި ބައެއް މަންޒަރުތައް  ވެސް ކަނޑަން އަންގާފައި އެވެ.

އެކަމާ ގުޅިގެން ފިލްމް އުފެއްދި ފަރާތާއި ސެންސަރު ބޯޑުގެ ވެރިންނާއި ދެމެދު ބަހުގެ ހަމާލަތައް ބަދަލުކޮށްފައިވާއިރު އެންމެ ބޮޑަށް ހާސްވާ ކަމަކީ ސެންސަރު ބޯޑުން އަންގާފައިވާ ކަންކަން ކުރުމަށް ފަހު މިހާރު ކަނޑައަޅާފައިވާ ތާރީހަށް ފިލްމް ރިލީޒް ނުކުރެވިދާނެތީ ކަމަށް ފިލްމްގެ ޑައިރެކްޓާ ނަވްދީޕް ސިންގ ބުނެފައިވެ އެވެ. ފިލްމް ރިލީޒް ކުރަން ހަމަޖެހިފައިވަނީ މާޗްމަހުގެ ހަވަނަ ދުވަހު އެވެ.

އެ ފިލްމް އުފައްދާ ފަރާތުން ބުނީ ސެންސަރު ބޯޑުން އެބުނި ހުރިހާ މަންޒަރުތަކާއި ބަސްތައް ކަނޑައިގެން ފިލްމް ދެން އެޅުވޭނެ ދުވަހެއްވެސް ނޭނގޭކަމަށެވެ.

އަނުޝްކާ ޝަރުމާ އާއި ނެއިލް ބޫޕަލަން ލީޑްރޯލް ކުޅެފައިވާ ”އެންއެޗް10“ އަކީ އެކްޝަން ފިލްމް އެކެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *