ކުޅުދުއްފުށީީއިން ފަޅާލަން މަސައްކަތް ކުރި ފިހާރަ--ފޮޓޯ: ޕޮލިސް
ކުޅުދުއްފުށީީއިން ފަޅާލަން މަސައްކަތް ކުރި ފިހާރަ--ފޮޓޯ: ޕޮލިސް

ފިހާރައެއް ފަޅާލަން މަސައްކަތް ކުރަނިކޮށް ދެމީހަކު ހައްޔަރުކޮށްފި

ކުޅުދުއްފުށީ ފިހާރައެއް ފަޅާލަން މަސައްކަތް ކުރަނިކޮށް ދެ މީހަކު އަތުލައިގަނެ ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 26 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެއް ކަމަށެވެ. އަދި މި ދެމީހުންނަކީވެސް ދިވެހި ދެ ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ.

މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މި ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހުގެ ފަތިހު 04:00 ހާއިރު މޫނު ނިވާކޮށްގެން ތިބި 2 މީހަކު ކުޅުދުއްފުށީ އެތުމާ ފިހާރަ ފާޅާލަން މަސައްކަތް ކުރާ ކަމަށް ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެސަރަހައްދަށް ފުލުހުން ގޮސް ކަމަށާއި އެސަރަހައްދުން ފުލުހުން ފެނުމުން މި ދެމީހުން ފިލަން ދުވަނިކޮށް ފުލުހުން މިމީހުން ހިފަހައްޓައި ހައްޔަރު ކުރީ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 02 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިއުމަށް 13 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށެވެ.

އަދި މިމައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެ މީހުންގެ ތެރެއިން 26 އަހަރުގެ މީހާއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަށް މީހަކަށް ވާއިރު 23 އަހަރުގެ މީހާއަކީ މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށްވެސް ފުލުހުން ބުނެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *