އަޝްމަލީ -- ފޮޓޯ: ރައީސް އޮފީސް
އަޝްމަލީ -- ފޮޓޯ: ރައީސް އޮފީސް

ދިރާގުގެ ޗެއާމަނަކަށް އަޝްމަލީގެ ނަން ހުށަހަޅައިފި

ދިރާގުގެ ޗެއާމަންކަމުގެ މަގާމުގައި ހުންނެވި ރިލްވާން ޝަރީފް ވަކިކުރައްވައި، އެ މަގާމަށް، ފިނޭންސްގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަޝްމަލީގެ ނަން ރައީސް އަބްދުﷲ ޔާމީން އިއްޔެ ހުށަހަޅުއްވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ މިއަދު ވިދާޅުވި ގޮތުގައި ދިރާގުގެ ބޯޑުގެ ޗެއާމަންކަމުން ރިލްވާން ވަކިކުރައްވާފައި ވަނީ އެ މަގާމަށް އާ ބޭފުޅަކު ހަމަޖެއްސެވުމަށެވެ. އެހެން ނަމަވެސް، އެ މަގާމަށް އައްޔަންކުރެއްވުމަށް ޕްރައިވެޓައިޒޭޝަން ބޯޑަށް ރައީސް ހުށަހެޅުއްވި ނަމެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.

ދުވަހަށް އެނގިފައިވާ ގޮތުގައި، ދިރާގުގެ ޗެއާމަންކަމުގެ މަގާމަށް ރައީސް ހުށަހަޅުއްވާފައި ވަނީ އަޝްމަލީގެ ނަމެވެ. އަޝްމަލީ އަކީ ވެރިކަންކުރާ ޕީޕީއެމްގެ ހަރަކާތްތަކުން ވަރަށް ގިނައިން ފެންނަ ބޭފުޅެއްގެ އިތުރުން ރައީސް ޔާމީންގެ އަރިސް ބޭފުޅެކެވެ.

ޖޭޕީ ސްލޮޓެއްގައި މީގެ ކުރިން ދިރާގުގެ ޗެއާމަންގެ މަގާމުގައި ހުންނެވި ރިލްވާން އަކީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިޔަފާރި ކުންފުންޏެއް ކަމަށްވާ ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރެވެ. އޭނާ މީޑިއާގައި ބުނެފައިވަނީ މަގާމުން ވަކިކޮށްފައިވާކަން ރޭ ޕްރައިވަޓައިޒޭޝަން ބޯޑުން ފޯނުން ގުޅައި އަންގާފައވާކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *