ނާޒިމް ގެއިން ފެނުނު ކަމަށް ފުލުހުން ބުނާ ހަތިޔާރު
ނާޒިމް ގެއިން ފެނުނު ކަމަށް ފުލުހުން ބުނާ ހަތިޔާރު

ހަތިޔާރުތަކުގެ މިނިވަން ފޮރެންސިކް ޓެސްޓެއް ހެދުމަށް ނާޒިމް އެދެފި

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓުން ފެނުނު ކަމަށް ބުނާ ތަކެތީގެ ފޮރެންސިކް އެނެލިސިސްއެއް، މިނިވަން ބަޔަކު ލައްވާ ހެދޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ނާޒިމް ފުލުހުންގެ ކިބައިން އެދިވަޑައިގެންފި އެވެ.

ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދަށް ފޮނުއްވި ސިޓީއެއްގައި ނާޒިމްގެ ގާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވެފައިވަނީ ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓް ބަލައި ފާސްކުރި އިރު ފެނުނު ކަމަށް ފުލުހުން ބުނާ ތަކެތީގެ ފޮރެންސިކް އެނެލިސިސްއެއް މިނިވަން، މުސްތަގިއްލު ތިންވަނަ ބަޔަކު ލައްވާ ހަދަން ނާޒިމް ބޭނުންވެ އެވެ. ފޮރެންސިކް އެނެލިސިސް ހަދަން ބޭނުންވާ ކަމަށް މައުމޫން ލިސްޓުކުރައްވާފައި ވަނީ، ކަޅުކުލައިގެ ދަބަހަކާއި ފިސްތޯލައަކާއި ތިން ވަޒަނާއި މެގަޒިނަކާއި ޕެންޑްރައިވްއަކާއި ހުދު ކުލައިގެ އަންގިއެއްގެ އިތުރުން އައިއީޑީ އެކެވެ.

ނާޒިމް ވަނީ އެ އެނަލިސިސް ހެދުމަށް ބޭނުންވާ ހުރިހާ ހަރަދެއް އޭނާ ނަންގަވާނެ ކަމަށް ސިޓީގައި ބުނެފައި އެވެ.

ނާޒިމް އުޅުއްވާ ކޮޓަރި ތެރެއިން ފެނުނު ކަމަށް ބުނާ ތަކެތީގެ މިނިވަަން ފޮރެންސިކް ތަހުލީލުތަކެއް ހަދަން އޭނާ އެދިވަޑައިގެންފައި ވާއިރު، ނާޒިމް އާއި އެ ތަކެއްޗާ އެއްވެސް ގުޅުމެއް ނެތް ކަމަށް އޭނާގެ ވަކީލުން ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އަދި ފުލުހުންގެ ބަޔަކު އެކަނި ނާޒިމްގެ ކޮޓަރީގައި ވަގުތުތަކެއް ހޭދަކުރި ކަމަށާއި ހަތިޔާރު އަޅާފައި ހުރި ކަމަށް ފުލުހުން ބުނާ ދަބަހަކީ އެ ކޮޓަރީގައި އޮންނާނެ އެއްޗެއް ނޫން ކަމުގެ ޔަގީންކަން ނާޒިމް ދެއްވާފައިވާ ކަމަށް ވެސް ވަކީލުން ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން، ފުލުހުން ހޯދި ކަމަށް ބުނާ ހަތިޔާރަކީ ފުލުހުން އެ ގެ އަށް ވެއްދި އެއްޗެހި ކަމަށް، ނާޒިމްގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ، ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ވަނީ ތުހުމަތުކުރައްވާފަ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *