ސީރިއަސް ޒަހަމްތަކަކާ އެކު ވ. ރަކީދޫގައި މަރުވެފައި އޮއްވާ ފެނުނު އުމުން ތިން އަހަރުގެ މުހައްމަދު އިބްތިހާލްގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ އޭނާގެ މަންމަގެ ބަންދުގެ މުއްދަތު 15 ދުވަހަށް ކޯޓުން އިތުރުކޮށް ދީފި އެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު މަރުވި އިބްތިހާލަށް އެކި ފަހަރު މަތިން އަނިޔާކޮށްފައިވާ ކަމަށް ބެލެވޭ އާފިޔާ މުހައްމަދު ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ. އަދި 30 ވަނަ ދުވަހު ވ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އާފިޔާގެ ބަންދަށް 15 ދުވަސް ދީފަ އެވެ.
މައުލޫމާޓު ލިބިފައިވާގޮތުގައި ފުލުހުން ކުރިޔަށޤ ގެންދާ ތަހުގީގުގަ އާއި އެޗްއާރުސީއެމުން ކުރިޔަށް ގެންދާ ތަހުގީގުގައި އާފިޔާ ވަނީ އިބްތިހާލް މަރާލީ ގަސްދުގައި ނޫންކަމަށް ބުނެފައި އެވެ.
އިބްތިހާލުގެ މަރުގެ މައްސަލައިގައި ސަރުކާރުގެ އިހުމާލެއް އޮތްތޯ ބަލައި ޖެންޑާ މިނިސްޓްރީގެ މުވައްޒަފަކު ސަސްޕެންޑްކޮށްފައިވެ އެވެ.