ފޮޓޯ: ޕޮލިސް
ފޮޓޯ: ޕޮލިސް

ހެކިން ހާޒިރު ނުވެގެން މިރުޒާގެ މަރުގެ ޝަރީއަތް ކެންަސަލްކޮށްފި

ގްރޫޕަކުން ހަމަލާދީ 2011 ގައި ވިލިމާލޭގައި މަރާލި ނ. މާޅެންދޫ ވައިޓްހައުސް އަހުމަދު މިރުޒާގެ މަރުގެ މައްސަލައިގެ ޝަރީއަތް މިއަދުވެސް ކެންސަލް ކޮށްފި އެވެ.

މިއަދު އޮތް ޝަރީއަތް ކެންސަލް ކުރީ ދައުލަތުން ހުށަހެޅި ހެކިން ހާޒިރު ނުވެގެންނެވެ.

މިރުޒާ މަރާލި ކަމަށް ބުނެ ފުވައްމުލަކު ޒާވިއާ އަބްދުﷲ ނަޒީފާއި ވ. ފަޒީލާ މަންޒިލް މުހައްމަދު ޝިފާއުގެ އިތުރުން ގދ. ގައްދޫ ބޮކަރުގޭ އަލީ ރިފްޝާންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން ބޭއްވުމަށް މަސައްކަތްކުރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ އެވެ. މީގެ ކުރިން ތިން ފަހަރު  އަޑުއެހުން ކެންސަލްކުރަން ޖެހިފައި ވެ އެވެ.

މިއަދުގެ ޝަރީއަތް ދައުލަތުން ހުށަހަޅާފައިވާ ހެކިން ހާޒިރު ނުވެގެން ކެންސަލްކޮށްފައިވާއިރު މީގެ ކުރިން ވެސް ޝަރީއަތް ކެންސަލް ކޮށްފައިވަނީ ހެކިން ހާޒިރު ނުކުރެވިގެންނެވެ. ނަމަވެސް ކުރީގެ ބައެއް އަޑުއެހުންތަކުގައި ވަނީ ދައުލަތުގެ ބައެއް ހެކިވެރިންގެ ހެކިބަސް ނަގައިފަ އެވެ.

މިރުޒާ މަރާލި މައްސަލައިގައި ދައުލަތުން ކުޑަކުއްޖެއްގެ މައްޗަށް ދައުވާކުރި ނަމަވެސް ޖުވެނައިލް ކޯޓުން 2012 ގައި ނިންމީ އެ ކުއްޖާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.

ވިލިމާލޭ ޕާކް ކައިރީގައި ހުއްޓާ ގްރޫޕަކުން ދިން ހަމަލާތަކާ ގުޅިގެން މިރުޒާ މަރުވީ ދެތިން ދުވަސް ވަންދެން ކޯމާއެއްގައި އޮވެފަ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *