ފޮޓޯ: އެމްއެންޑީއެފް
ފޮޓޯ: އެމްއެންޑީއެފް

ގއ. އަތޮޅުގައި ސިފައިން ހިންގި މެޑިކަލް ކޭމްޕުގައި 735 ބަލިމީހަކަށް ފަރުވާ ދީފި

ގއ. އަތޮޅުގައި މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ހިންގި މެޑިކަލް ކޭމްޕުގައި 735 ބަލިމީހަކަށް ފަރުވާ ދީފައިވާކަމަށް އެ ކޭމްޕް ކުރިއަށް ގެންދިޔަ ގައުމީ ދިފާއީ ބާރުން ބުނެފި އެވެ.

މި ގޮތުން ގއ. ވިލިނގިލީގައި ހިންގި މިކޭޕްމުގައި އަންހެނުންގެ ޚާއްޞަ ޑޮކްޓަރ ބެއްލެވި 113 ބަލިމީހަކާއި ކަށީގެ ޚާއްޞަ ޑޮކްޓަރު ބެއްލެވި 127 ބަލިމީހަކާއި ކަރުންމަތީގެ ޚާއްޞަ ޑޮކްޓަރު ބެއްލެވި 132 ބަލިމީހަކާއި އެތެރެ ހަށީގެ ޚާއްޞަ ޑޮކްޓަރު ބެއްލެވި 147 ބަލިމީހުންގެ އިތުރުން ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރު ބެއްލެވި 216 ކުޑަކުދިން ބަލާފައިވާކަމަށާއި އަދި މާދަމާއިން ފެށިގެން މިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް ގދ.އަތޮޅުގައި މި ޓީމުގައި ހިމެނޭ ޑޮކްޓަރުން ބަލިމީހުން ބެލުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފުން ބުނީ ގދ. އަތޮޅުގައި ބަލިމީހުން ބަލާނީ ގދ. ތިނަދޫ ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިލްގައި ކަމަށެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ މިކޭމްޕަކީ ދިވެހި އަސްކަރިއްޔާ އާއި އިންޑިއާ އަސްކަރިއްޔާ ގުޅިގެން، ޚާއްޞަ ޑޮކްޓަރުންގެ ޓީމެއްގެ އިރުޝާދުގެ ދަށުން ލުއި ފަސޭހަކަމާއެކު ރައްޔިތުންނަށް ސިއްޙީ ފަރުވާ ފޯރުކޮށްދީ، ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް މަގުފަހިކޮށްދިނުމަށާއި ކުއްލި ޙާލަތުގައި ފޯރުކޮށްދޭންޖެހޭ މެޑިކަލް އިވެކުއޭޝަންތައް މަދުކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ ކޭމްޕެއް ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *