ޝައިހް އިމްރާން
ޝައިހް އިމްރާން

ވެރިކަން ހޯދަން މީހަކު މަރަން ނާޒިމް ނުރާވާކަން ކަށަވަރު: އިމްރާން

ވެރިކަން ހޯދަން އެއްވެސް މީހަކު މަރަން ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް ނުރާވާނެކަން ކަށަވަރު ކަމަށް އަދާލަތު ޕާޓީގެ ރައީސް ސައިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ. ޓްވީޓްގައި އިމްރާން ވިދާޅުވެފައިވަނީ ”ވެރިކަން ހޯދުމަށް، މީހަކު މަރަން ނާޒިމް ނުރާވާނެކަން ހިތުގެ އަޑިން ކަށަވަރުކޮށް ޔަގީން ކުރާ“ ކަމަށެވެ.

މި ޓްވީޓްގެ ކުރިންނާއި އަދި ފަހުންވެސް ވަނީ ނާޒިމްއާ ގުޅޭ ގޮތުން ދެ ޓްވީޓެއް އިމްރާން ކުރައްވާފަ އެވެ. އެ ޓްވީޓްތަކުގައި އިމްރާން ވިދާޅުވެފައިވަނީ ”ނާޒިމް އަކީ އަނިޔާ ލިބިގެންވާ މީހެއް ކަމަށާއި އަޅުގަނޑުމެން އަބަދުވެސް އަނިޔާވެރިކަމާ ދެކޮޅު“ ކަމަށެވެ. ދެވަނަ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އަނިޔާ ލިބިގެންވާ މީހާގެ ދުއާ އާ މާތް ﷲ އާ ދެމެދު އެއްވެސް ހުރަހެއް ނުވާ“ ކަމަށެވެ.

ސޭހް އިމްރާނުގެ ޓްވީޓްތަކުގައި ނާޒިމަށް ހެޔޮއެދި ވާހަކަދައްކާފައިވާއިރު ރޭގެ ވަގުތެއްގައި ފުލުހުން ވަނީ ނާޒިމް ހައްޔަރުކޮށްފަ އެވެ.

ނާޒިމް ދިރިއުޅުއްވާ ގެ ފުލުހުން ބަލާ ފާސްކޮށްފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ. ޑިފެންސް މިނިސްޓަރުކަމުގެ މަގާމުން ނާޒިމް ވަކި ކުރީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ. ފުލުހުން އެ މައްސަލަ ބަލާ ނިންމުމަށްފަހު ދައުވާކުރުމަށް ޕީޖީއަށް ފޮނުވާފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ.

ފުލުހުން ބުނެފައިވަނީ ނާޒިމު ދިރިއުޅުއްވާ އެޕާޓްމެންޓް ފާސްކުރި އިރު ފެނިފައިވަނީ ނުވައެއް އެމްއެމްގެ ފިސްތޯލައަކާއި މެގަޒިނަކާއި ތިން ވަޒަންގެ އިތުރުން އިމްޕްރޮވައިޒްޑް އެކްޕްލޯސިވް ޑިވައިސް (އައިއީޑީއެއް) ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *